ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު
ވަންދޫގެ ކުޑަކުދިންގެ ޕާކްގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް ވަންދޫ ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށައެޅުމަށް ދަންނަވަމެވެ.
މަސައްކަތްތަކުގެ ތަފްސީލް:
- ކުޑަކުދިންގެ ޕާކުގައި ބެހެއްޓިފައިވާ ސީސޯގެ ދަބަރުޖަހާފައި ހުރި ތަންތަން ކަހައި ކަޅުދަވާދުލުން.
- ޕާކްގައި އިންސްޓޯލްކޮށްފައިހުރި ކުޅޭ ސާމާނުގެ ތެރެއިން އުތުރު ފަރާތުގައި ހުރި 2 ކުޅޭ ސާމާނު އަދި ދެކުނު ފަރާތުގައި ހުރި 1 ސާމާނު އަލުން ރަނގަޅަށް އިންސްޓޯލްކުރުން.
- ޕާކްގެ ހުޅަނގު ފަރާތުގައި މިވަގުތު ޓާރފްނެގިފައިވާ ސަރަހައްދުގެ ވޯކްވޭއާއި ކައިރީ ފާރުގައި ބްރެކެޓް ހަރުކޮށް މޯޓަރު ބަހައްޓައި މޯޓަރު ހިޔާވާގޮތަށް ބޮކްސް އެއް ހެދުން. އަދި ސޮކެޓް ސްވިޗް އެއް ހަރުކުރުން.
- ޕާކްގެ ފެންހޮޅި ހުޅަނގު ފާރު ބޭރުން ބިމުގެ އަޑިން ގެނެސް މޯޓަރާއި ގުޅުން. އަދި ޕާކްގެ ކޮންމެ ކަނެއްގެ ފާރުގައި 1 އިސްކުރު ހަރުކުރުން. (ހޮޅިއަޅާނީ ބައުންޑަރީ ވޯލްގެ އެތެރެ ފަރާތު އަރިން). ޕާކްގެ މެދުގައި ހެދިފައިވާ ވަށްބުރުގެ އެތެރޭފަރާތު ފާރުގައި 1 އިސްކުރު ހަރުކުރުން. (ވަށްބުރުގެ ތެރެއަށް ހޮޅިވަނީ އެޅިފައި).
- ޕާކްގެ ހުޅަނގު ފަރާތުން މޯޓަރު ބަހައްޓާ ހިސާބާއި 2 ފޫޓް ދުރުމިނުގައި ސިމެންތި ބޭނުންކޮށްގެން 10 އިންޗި އުސް، 60 ސެންޓިމީޓަރު ދިގު އަދި 30 ސެންޓިމީޓަރު ފުޅާ ބުޑެއް އެޅުމަށްފަހު ޑިސްޓްރިބިއުޝަން ފޮށި ބަހައްޓައި ކަރަންޓް މީޓަރު ހަރުކޮށް ކަރަންޓް ވައިރުކުރުން.
*ކޯޓޭޝަން ހުށަހަޅާއިރު ކޮންމެ މަސައްކަތަކަށް ވަކިވަކިން އަގު ހުށައެޅުމަށް ދަންނަވަމެވެ. އަދި މުޅި މަސައްކަތުގެ މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
ކައުންސިލުން ފޯރުކޮށްދޭނެ ތަކެތި:
- 300×600×800 އެމްއެމް ޑިސްޓްރިބިއުޝަން ފޮށި
- ކަރަންޓް މީޓަރު، އެމްސީބީ، އީއެލްސީބީ، ބްރޭކަރު (10)، އާތްރޮޑް، ސޮކެޓް، ސޮކެޓް ސްވިޗް
- ފެން އިސްކުރު
- މޯޓަރު
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 އޮގަސްޓް 2026
ހޯދާ
