ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެދުރުހިޔާ ބައެއް ފްލެޓްތަކުގެ މަރާމާތު މަސައްކަތް:
1. އެދުރުހިޔާ ބައެއް ފްލެޓްތަކުގެ މަރާމާތު ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 އޮގަސްޓު 30 ން 2026 ސެޕްޓެންބަރު 06 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
4. މި ބީލަމާ ގުޅޭގޮތުން ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2026 ސެޕްޓެންބަރު 06 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އެދުރުހިޔާ، މާލެގައެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/
5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
6. ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެންބަރު 09 ވަނަ ދުވަހުގެ 09:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.
7. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން 2026 އޮގަސްޓު 30 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން:3041244,3041242
އީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/
