ދިވެހިރާއްޖެ
|
މަޤާމު: |
ސީނިއަރ ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ |
||||||||||||
|
މަޤާމުގެ ނަންބަރު: |
J-451256 |
||||||||||||
|
ބޭނުންވާ އަދަދު: |
01 |
||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކްސާރވިސް ރޭންކް 7- ސްޓެޕް 1 |
||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
- |
||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިސްކަންދަރު ސްކޫލް، ކ. މާލެ |
||||||||||||
|
މުސާރަ: |
-/9845 ރުފިޔާ |
||||||||||||
|
މަޤާމުގެ އެލަވަންސް: |
-/4595 ރުފިޔާ |
||||||||||||
|
ހާޒިރީ އިނާޔަތް: |
-/125 ރުފިޔާ (މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް) |
||||||||||||
|
އެހެނިހެން އެލަވަންސް: |
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފާ އުޞޫލުން އިތުރުގަޑީގެ ފައިސާ - ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- އަލަށް ސިވިލްސަރވިސްގެ ވަޒީފާއަށް ވަންނަ މުވައްޒަފުންގެ އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ ޝެޑިއުލްގައިވާ ގޮތުގެ މަތިން އެ ޕްރޮގްރާމްތަކަށް މުވައްޒަފުން ފޮނުވުން ނުވަތަ ސްކޫލްގައި އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަކުރުން. 2- ބިދޭސީ މުވައްޒަފުންގެ ޗުއްޓީއަށް ފުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ކުރުމާއި "ކްލިއަރަންސް ފޯމް" ގެ އެންމެހާ ބައެއް ފުރިހަމަ ކުރުން. 3- ބިދޭސީ ޓީޗަރުންގެ ޓްރެވެލް އެރޭންޖްމެންޓް ހަމަޖައްސާ މުވައްޒަފުންގެ ދަތުރުކުރުމާއި ބެހޭގޮތުން މިނިސްޓްރީ އިން އަންގާ އެންމެހާ އެންގުންތަށް ލަސްނުކޮށް ޓީޗަރުންނަށް އެންގުން. 4- މުވައްޒަފުން ނެގުމަށް ކުރެވޭ އިއުލާންތަކާ ގުޅިގެން ލިބޭ އެޕްލިކޭޝަން ފޯމްތައް ބަލައިގަނެ އިއުލާނުގެ މުއްދަތު ހަމަވުމުން ފޯމްތައް ޝޯޓްލިސްޓްކޮށް ސްޕަވައިޒަރުގެ ލަފާގެމަތިން ޝަރުތުހަމަވާ މުވައްޒަފުންގެ އިންޓަރވިއު ކުރިއަށް ގެންދިއުމަށް ލިޔުން ތައްޔާރުކުރުން. 5- ސްކޫލްގެ މުވައްޒަފުންގެ ލިޔެކިޔުންތަށް ގަވާއިދުން ފައިލްކޮށް މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން. 6- ސްކޫލުގެ އާމްދަނީ ފައިސާ އާއި އެހެނިހެން ފައިސާ ބެލެހެއްޓުން. 7- ސްކޫލުގެ އިދާރީ ހިންގުމަށް ލިބޭ ފައިސާ ފިޔަވައި އެހެނިހެން ގޮތްގޮތުން ޚަރަދު ކުރަންޖެހޭ ފައިސާ ޚަރަދު ކުރެވޭނެ ލިޔެކިއުންތައް ބެލެހެއްޓުން. 8- މުވައްޒަފުންގެ މުސާރަ ދިނުމުގެ އެންމެހައި މަސައްކަތް ކުރުމާއި، ކޮންމެ މަހެއްގެ 10 ގެ ކުރިން ވެރިންގެ ސޮއެ ހޯދުމަށްފަހު މުސާރަޝީޓްތައް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން. 9- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ހެދުމުގެ މަސައްކަތް ކުރުން. 10- އިދާރީ ކަންކަމުގައި ވެރިންނަށް އެހީތެރިވެ ދިނުން. |
||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. |
||||||||||||
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމަށް ޕްރިފަރޑް ޑިސިޕްލިން: ނެތް ކޯ ޑިސިޕްލިން: ނެތް |
|||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާ/ ދާއިރާތައް:
|
|||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6-މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެންބަރު 07 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން، އިސްކަންދަރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ. |
||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 08 ސެޕްޓެންބަރު 2026 އާއި 17 ސެޕްޓެންބަރު 2026 އާ ދެމެދު، އިސްކަންދަރު ސްކޫލްގައެވެ.
|
||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ4 332324 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|||||||||||||
