ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. އަތޮޅު ހޮސްޕިޓަލުގައި އެންބިއުލާންސް ގަރާޖެއް ހެދުމަށް ހުޅުވާލުން.

ބ.އަތޮޅު ހޮސްޕިޓަލްގައި އެންބިއުލާންސް ގަރާޖެއް ހެދުމަށްކުރި (IUL)BAH-AHR/BAH/2026/56 (11 އޮގަސްޓް 2026) އިޢުލާނާގުޅިގެން އެއްވެސްފަރާތަކުން ކުރިމަތިލާފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި އެންބިއުލާންސް ގަރާޖެއް ހެދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 30 އޮގަސްޓް 2026 (އާދީއްތަ) ދުވަހުން ފެށިގެން 03 ސެޕްޓެމްބަރު 2026 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނަމަ، ވިޔަފާރި/ ކުންފުނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ލިންކު: https://forms.gle/JLLKhJ6UkWkxEcL1A

ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން

މިމަސައްކަތާއި  ގުޅޭ މަޢުލޫމާތު ކަރުދާސްތަކާއި، ބީލަމާއިއެކު ހުށަހަޅަންޖެހޭ ޖަދުވަލްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލްކުރެވޭނެއެވެ.

މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 06 ސެޕްޓެމްބަރު 2026 (އާދީއްތަ) ދުވަހުގެ 13:00ގައި ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ވިޔަފާރިއަކުންނަމަ ކުންފުނި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓުގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ. މިފަދަ ލިޔުމެއްނެތި މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.

 

 

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

ބީލަން ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރު 09 ވާ (ބުދަ) ދުވަހުގެ 13:00 ގައި ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ޙާޟިރުވާއިރު ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިސޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރު 09 ވާ (ބުދަ) ދުވަހުގެ 13:05 ގައި ބ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 ރަބީޢުލް އައްވަލް 1448

30 އޮގަސްޓް 2026

 

30 އޮގަސްޓް 2026
ހޯދާ