އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫގައި ހިންގާ ވިޔަފާރިތަކާގުޅޭ މަޢުލޫމާތު އެއްކުރުމަށް އެމިއުނެރޭޓަރުން ހޯދުމާގުޅޭ

 

 

 އއ.ތޮއްޑޫގައި ހިންގާ ވިޔަފާރިތަކާގުޅޭ މަޢުލޫމާތު އެއްކުރުމަށް އެމިއުނެރޭޓަރުން ހޯދުމާގުޅޭ

       އއ.ތޮއްޑޫގައި ހިންގާ ވިޔަފާރިތަކުގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތަށް ކުރުމަށްޓަކައި އެމިއުނެރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ބޭނުންވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ހީވާގި ފަރާތްތަކެކެވެ.

 

ބޭނުންވާ އަދަދު:

6 (ހައެއް)

މަސައްކަތުގެ މުއްދަތު:

3 މަސް

އެލަވަންސް:

ދުވާލަކަށް 200.00 ރުފިޔާ

މަސައްކަތު ގަޑި:

ދުވާލަކު 4 ގަޑިއިރު

 

ޝަރުތުތައް

  1. ޢުމުރުން 16 އަހަރުންމަތީ ފަރާތެއް ކަމުގައިވުން. (ނަމަވެސް 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ ރުހުން ލިޔުމުން ހުށައަޅަންވާނެއެވެ.)

  2. މަސައްކަތުގެ މުއްދަތުގައި ރަށުގައި ހުރެވޭނެ ފަރާތެއް ކަމުގައިވުން.

  3. ފުރިހަމަ ޞިއްޙަތެއްގައި ހުރި، މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

 

ޒިންމާތަކާއި، ސުލޫކީ މިންގަނޑު

  4. ކަނޑައެޅިފައިވާ ގަޑިއަށް ޙާޒިރުވެ، ސުޕަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް އަދާކުރުން.

  5. ޙާޒިރުވެވެން ނެތް ދުވަހެއް ދިމާވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ސުޕަވައިޒަރަށް އެންގުން.

  6. އެދުވަހެއްގައި ސުޕަވައިޒަރު ކަނޑައަޅާ ސަރަހައްދަކަށް ޒިޔާރަތްކޮށް އެސަރަހައްދެއްގައި ހުރި ވިޔަފާރިތަކާގުޅޭ މަޢުލޫމާތު ނެގުން.

  7. އެއްކުރެވޭ މަޢުލޫމާތުތައް މަޢުލޫމާތު ޝީޓަށް އެންޓަރކުރުން.

  8. އެދުވަހަކަށް ޙަވާލުކުރެވޭ މިންވަރަށް މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރުން.

  9. ކައުންސިލްގެ އިދާރާގެ ޤަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

  10. އާއްމުންނާއި މުޚާތަބުކުރުމުގައި ރިވެތި ބަހުން ވާހަކަ ދެއްކުން.

 

       ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަން ބަޔާންކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާކު 2026 ސެޕްޓެމްބަރު 7 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އެމިއުނޭޓަރުން ހޮވުމުގައި އެފަރާތްތަކުގެ ޤާބިލްކަމާއި، ޝައުގުވެރިކަންހުރި މިންވަރަށް ރިޢާޔަތްކުރެވޭނެއެވެ.

30 އޮގަސްޓް 2026
ހޯދާ