މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރާބެހޭ

އިޢުލާން

މިހިނގާ ފެބުރުވަރީމަހު 15-21 އަށް މި ކޯޕަރޭޝަންގެ ޓީމެއް ހއ. އަތޮޅުގެ ދިއްދޫ، ހޯރަފުށި އަދި އިހަވަންދޫއަށް ދަތުރެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގެ މައިގަނޑު ބޭނުމަކީ މި ކޯޕަރޭޝަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ހަމަމިއާއެކު، ޙައްޖާއި ޢުމްރާއަށް ދިޔުމަށް ގަސްދުކުރާ ފަރާތްތައް ކޯޕަރޭޝަނުގައި ރަޖިސްޓަރީ ކުރުމާއި ފައިސާ ބަލައިގަތުންވެސް މި ދަތުރުގައި ކުރިޔަށްދާނެއެވެ. މިދަތުރުގެ ޝެޑިއުލް ތިރީގައި މިވަނީއެވެ.

ތާރީޚު

ރަށް

ޙަރަކާތް

16 އަދި 17 ފެބުރުވަރީ

ދިއްދޫ

ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ މަޢުލޫމާތު ދިނުމާއި ޚިދުމަތްތަކަށް ރަޖިސްޓަރީވުމާއި ފައިސާ ބަލައިގަތުން

18 އަދި 19 ފެބުރުވަރީ

ހޯރަފުށި

ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ މަޢުލޫމާތު ދިނުމާއި ޚިދުމަތްތަކަށް ރަޖިސްޓަރީވުމާއި ފައިސާ ބަލައިގަތުން

20 ފެބުރުވަރީ

އިހަވަންދޫ

ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ މަޢުލޫމާތު ދިނުމާއި ޚިދުމަތްތަކަށް ރަޖިސްޓަރީވުމާއި ފައިސާ ބަލައިގަތުން

ވީމާ، މަތީގައި ދެންނެވުނު ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި އަތޮޅުގެ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

15 ފެބުރުވަރީ 2016
ހޯދާ