ދިވެހިރާއްޖެ
ނަމްބަރު: (IUL)391/391/2026/98
އިޢުލާން
އޮޑިހަރުގެ އެޅުމަށް، ކޮޅުމަޑުލު ތިމަރަފުށިން ބިޑްއުޞޫލުން ބިން ކުއްޔަށްދޫކުރުން
ކޮޅުމަޑުލު ތިމަރަފުށީ ލޭންޑްޔޫޒް ޕްލޭންގައި، އޮޑިދޯނިފަހަރު ބަނދެ މަރާމާތު ކުރުމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ސަރަހައްދުން އޮޑިހަރުގެ އެޅުމަށް 30 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
|
# |
ބިމުގެ ނަންބަރު |
ކުއްޔަށްދޭ ބޭނުން |
ބިމުގެ ބޮޑުމިން (އަކަފޫޓުން) |
ބިން ކުއްޔަށްދޭ މުއްދަތު |
ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް) |
|
1 |
68.3 |
އޮޑިހަރުގެ އެޅުމަށް |
6000 |
30 އަހަރު |
0.80 ލާރީގެ ރޭޓުން |
|
2 |
68.3 |
އޮޑިހަރުގެ އެޅުމަށް |
6000 |
30 އަހަރު |
0.80 ލާރީގެ ރޭޓުން |
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން
މިބިންތަކަށް އެދި ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރެޖިސްޓަރވާ ފަރާތްތަކަށެވެ. ރެޖިސްޓްރީ ވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު ބީލަމުގައި ރެޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގައި ސްލިޕް ދޫކުރެވޭނެއެވެ. ރެޖިސްޓްރޭޝަން ފީގެ އަގަކީ -/500 ރުފިޔާއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ފޯމް އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓު 2026 (އާދިއްތަ) ދުވަހުން ފެށިގެން 06 ސެޕްޓެމްބަރ 2026 (އާދިއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިންނެވެ. މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިއިދާރާގެ ބޭންކް އެކައުންޓު ނަމްބަރ: 7725700323001 (REVENUE 1) އަށް ފައިސާ ޖަމާކުރައްވާ ފަރާތްތައްވެސް ބީލަމުގައި ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިގޮތުން އީމެއިލް މެދުވެރިކޮށް ރެޖިސްޓަރވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް އެޑްރެހަށް ([email protected]) މަތީގައި ބަޔާންކުރެވުނު ލިޔުންތައް އީމެއިލްކޮށް ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "އޮޑިހަރުގެ އެޅުމަށް، ކޮޅުމަޑުލު ތިމަރަފުށިން ބިން ކުއްޔަށް ދޫކުރުމާގުޅޭ" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.
ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 07 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން
އަދި ބިޑް ހުށައެޅުން އޮންނާނީ 15ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
