ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ (ވަގުތީ)

އިޢުލާން         

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މަޤާމް: ޑްރައިވަރ (ވަގުތީ)

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: -/6500 (ހަހާސް ފަސްސަތޭކަ ރުފިޔާ)

ސާރވިސް އެލަވަންސް: -/1500 (ފަނަރަސަތޭކަ ރުފިޔާ)

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: ހަނިމާދޫ ކައުންސިލްގެ އިދާރާ.

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމް ފެންވަރަށް ލިޔަންކިޔަން އެނގުން.

- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރި B1, B2, C1, C2, CO, V1 އޮތުން.

- އުމުރުން 18 އަހަރުވެފައިވާ ދިވެއްސެއްކަމުގައިވުން.

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކން ސާބިތުވެފައިވާ މީހަކުކަމުގައިނުވުން.

މަޤާމް: ލޭބަރ (ވަގުތީ)

ބޭނުންވާ އަދަދު: 4 (ހަތަރެއް)

މުސާރަ: -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް: ހަނިމާދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން.

- ފިރިހެނުންކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ފުރިހަމަ ސިއްޙަތެއްހުރި މީހަކުކަމުގައިވުން.

- ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.

- ކުނިކޮށީގައްޔާއި، ކުނިކޮށީގެ ބޭރުން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ މީހަކުކަމުގައިވުން.  

- އުމުރުން 18 އަހަރު ވެފައިވާ ދިވެއްސެއްކަމުގައިވުން.

- ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައިނުވުން.

ހުށަހަޅަންޖެހޭ ލިއުންތައް:

- މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އޮތުން)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

- އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.

- ޕޮލިސް ރިޕޯޓް.

- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާއެއް އެނގޭނެ ލިއުމުގެ ކޮޕީ.

ސުންގަޑި:

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 25 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ހަނިމާދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520028 ނަންބަރު ފޯނަށް ނުވަތަ 7696877 ނަންބަރު ފޯނަށެވެ.

1 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016
ހޯދާ