ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭ އާޓްސް ފެސްޓިވަލް 2016

އިޢުލާން

"އެން.ސީ.އޭ - އާޓްސް ފެސްޓިވަލް 2016" ގައި ބައިވެރިވުމުގެ ފުރުޞަތު

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަކީ ދިވެހީންގެ އަދި ދުނިޔޭގެ އާޓިސްޓިކް ފަންނުތައް ދިވެހިރާއްޖޭގައި ތަޢާރަފްކޮށް އުނގަންނައިދިނުމާއި، ދިރާސާކޮށް ދެމެހެއްޓުމާއި، އާލާކޮށް ކުރިއެރުވުމާއި، އަދި ދިވެހި އާޓިސްޓިކް ފަންނުވެރީން ބިނާކުރުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، އުފެއްދުންތެރިކަމުގެ ފެންވަރުމަތިކުރުމާއި، އަދި ހުށަހަޅައިދިނުމުގެ ގާބިލުކަން އިތުރުކުރުމާއި، މިކަންތައްތައް ކުރާނެ ވަސީލަތްތަކާއި ފުރުޞަތުތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދީ، ދިވެހި އާޓިސްޓިކް ފަންނުވެރީން ދުނިޔޭގެ ފެންވަރަށް ވާސިލުވުމަށް ހިތްވަރުދީ އެހީތެރިވެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އުފައްދަވާފައިވާ ސެންޓަރަކަށް ވުމާއެކު، ޒުވާން ފަންނުވެރީންގެ ހުނަރު ޢާންމުންނަށް ދައްކާލުމަށާއި، އާޓްސްގެ ދާއިރާއަށް އަހުލުވެރިކުރުމުގެ މަޤުޞަދުގައި ދެ ދުވަހަށް ދެމިގެންދާ ގޮތަށް "އާޓްސް ފެސްޓިވަލް 2016" ގެ ނަމުގައި 05 މޭ 2016 ން 06 މޭ 2016 އަށް ސަލްޓަންޕާކުގައި ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފަންނުވެރީންގެ ތަކެތި ވިއްކުމުގެ ފުރުޞަތު ފަންނުވެރީންނަށް ލިބިގެންދާނެއެވެ. އަދި ވިއްކައިގެން ލިބޭ ފައިސާ ހަވާލުކުރެވޭނީ ފަންނުވެރިއަކަށެވެ.

އެހެންކަމުން ތިރީގައި މިދަންނަވާ ދާއިރާތަކުން މިފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 29 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ.

- މިއުޒިކް ދާއިރާ (ބޭންޑް / އިންޑިވިޖުއަލްސް)

- ފިލްމީ ދާއިރާ (ލައިވް ޝޫޓިންގ)

- ފޮޓޯގްރަފީ (ލައިވް ލެސަންސް / ޝޫޓިންގ)

- އާޓިސްޓްސް (ވިޝުއަލް އާޓްސް)

- މޭކްއަޕް އާޓިސްޓްސް (ލައިވް ލެސަންސް / ލައިވް މޭކަޕް)

- ޕާރފޯމިންގ އާޓްސް

01 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016
ހޯދާ