މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކޯޓް ލީގަލް ސަޕޯޓް އެސިސްޓެންޓް

އިޢުލާނު

މަޤާމު:

ކޯޓު ލީގަލް ސަޕޯޓް އެސިސްޓަންޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 4

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ މެޖިސްޓްރޭޓް ކޯޓް  / ލީގަލް ސެކްޝަން

މުސާރަ:

 -/9860 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/2955 ރުފިޔާ
  • ހާޞިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/80 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މައްސަލަތަކާއި ގުޅިގެން، ކޯޓަށް ޙާޟިރު ކުރަންޖެހޭ މީހުން ދެނެގަތުމާއި، ކޮންމެ ދުވަހަކު ބޭއްވޭ މައްސަލަތަކަށް ވަމުންދާ ގޮތާއި އެޅި ފިޔަވަޅުތަކާއި، ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް، ރެކޯޑު ޝީޓުގައި ދުވަހުން ދުވަހަށް ލިޔުމާއި، ޗިޓާއި އަމުރު، ރައްދުވެފައިވޭތޯ ބަލައި، ނުހިންގޭ މައްސަލަތަކުގެ މަޢުލޫމާތު ފަނޑިޔާރަށް ދެންނެވުމާއި، އަދި ދުވަހުން ދުވަހަށް ބާއްވާ މައްސަލަތަކުގެ ލިޔުންތައް ބެލެހެއްޓުން.
  2. މައްސަލާގައި ޙަވާލުކުރަންޖެހޭ ޗިޓުތަކާއި އަމުރުތައް ޙަވާލުކޮށް ފައިލްކުރުން.
  3. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި، މައްސަލަތަކާއި ގުޅިގެން ހާޟިރުކުރަންޖެހޭ ފަރާތް ޙާޟިރުކުރުމަށް ފޮނުވަންޖެހޭ އަމުރު ހެދުމާއި އަމުރު ބަހާ މުވައްޒަފުންނާއި ޙަވާލުކޮށް، މައްސަލަ ބޭއްވުމުގެ ކުރިން އަމުރު ރައްދުވެފައިވޭތޯ ދުވަހުން ދުވަހަށް ބަލާ، އެމައުލޫމާތު މެޖިސްޓްރޭޓްއަށް އެންގުން
  4. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު ކޯޓްގެ މެޖިސްޓްރޭޓް އަންގާ ގޮތެއްގެ މަތިން އެޅުމާއި، ޝަރީޢަތާއި ގުޅިގެން ނަގާފައިވާ ބަޔާންތައް މަހުޟަރުކުރުން.
  5. ކޯޓުން ނިންމާ މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، ބެލެހެއްޓުން.
  6. ކޯޓަށް ކަނޑައަޅާފައިވާ މުއްދަތު ކޯޓު ކަލަންޑަރާއި އެއްގޮތަށް މުއްދަތުގެ ކަންތައްތައް ކުރިއަށް ގެންދިއުން.
  7. ސެކްޝަނަށް ހުށަހެޅޭ އާ މައްސަލަތައް އެންޓްރީކުރުމާއި، ފައިލް ހެދުން.
  8. ކޯޓަށް ޙާޟިރުވުމުގެ އަމުރާއި، އެކިއެކި ކޯޓު އަމުރުތައް ނެރުމާއި، އަދި ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
  9. އެގްރިމެންޓާއި ޕަވަރ އޮފް އެޓާރނީ ރަޖިސްޓްރީކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  10. ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  11. ޝަރީޢަތާ ގުޅޭ އެންމެހާ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.
  12. ސީ.އެމް.އެސް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުން.
  13. ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އަދި ކޯޓުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.
  14. އަހަރީ ޗުއްޓީ، އާއިލީ ޒިންމާގެ ޗުއްޓީ ނުވަތަ ސަލާމުގެ ޗުއްޓީގައިވާ އެހެން މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށް ވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ؛

 

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދައިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޝަރީޢާ / ޤާނޫނު/ އައިޓީ

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  3. މެނޭޖްމަންޓް
  4. ޝަރީޢާ
  5. ޤާނޫނު
  6. އައިޓީ

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު މިކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ މެޖިސްޓްރޭޓް ކޯޓް ވެބްސައިޓް

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. 5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  1. 6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ހިތާދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތަށް އީ-މެއިލް          [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމު ހުށައަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.

 

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ،                09 ސެޕްޓެމްބަރ 2026 ން 29 ސެޕްޓެންބަރު 2026 އާ ދެމެދު، ހިތާދޫ މެޖިސްޓްރޭޓް ކޯޓު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608005 އަށެވެ. އީ-މެއިލް ކުރާނީ                 [email protected]  އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
26 އޮގަސްޓް 2026
ހޯދާ