މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހުޅުމާލެ އުމަރުޒާހިރު ބިލްޑިންގ ފަޔަރ އެލާމް ޕްރޮޓެކްޝަން ސިސްޓަމް މަރާމާތުކޮށް، އަލަށް ހަރުކުރަންޖެހޭ ސްޕެއަރ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހުޅުމާލެ އުމަރުޒާހިރު ބިލްޑިންގ ފަޔަރ އެލާމް ޕްރޮޓެކްޝަން ސިސްޓަމް މަރާމާތުކޮށް، އަލަށް ހަރުކުރަންޖެހޭ ސްޕެއަރ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހުޅުމާލެ އުމަރުޒާހިރު ބިލްޑިންގ ފަޔަރ އެލާމް ޕްރޮޓެކްޝަން ސިސްޓަމް މަރާމާތުކޮށް، އަލަށް ހަރުކުރަންޖެހޭ ސްޕެއަރ އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)491-CDS3/491/2026/128އިއުލާންގެ އިންފޯމޭޝަން ޝީޓް ގެ ސެކްޝަން 1ގައި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ބަޔާން ކޮށްފައިވާ ތާރީހްވަނީ އިސްލާހު ކުރެވިފައެވެ. އަދި ބީލަން ހުށަހަޅާއިރު ބޭނުން ކުރަންވާނީ މި އިއުލާންގައި އެޓޭޗް ކުރެވިފައިވާ އިންފޯމޭޝަން ޝީޓްއެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހުޅުވާލަމެވެ.

 

 

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 06 ސެޕްޓެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 0900 ގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
  • ދަރުބާރުގެ، އަމީނީ މަގު
  • މާލެ، 20344
  • އީމެއިލް: [email protected]
30 އޮގަސްޓް 2026
ހޯދާ