މޯލްޑިވްސް އެކުއަޓިކްސް
ދިވެހިރާއްޖެ
ވަޒިފާގެ ފުރުސަތު: ފައިނޭންސް އޮފިސަރ

 

އިޢުލާން

ވަޒިފާގެ ފުރުސަތު

މަޤާމު

ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް އެކުއަޓިކްސް، މާލެ ސިޓީ

އަސާސީ މުސާރަ:

9000.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

4500.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ޙާޟިރުވާ ކޮންމެ ދުވަހަކަށް 150.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަސައްކަތު ވަގުތު:

ދުވާލަކު 8 (އަށެއް) ގަޑިއިރު.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެސޯސިއޭޝަންގެ މަސައްކަތްތަކާއި އެސޯސިއޭޝަންގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި މެނޭޖްމަންޓަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ހިންގާ ކޮމެޓީން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ ކުރަންޖެހޭ އެންމެހައި ކަންތައް މެނޭޖްމަންޓްގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ އަހަރީ ބަޖެޓް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހަޅައި، ކަމާގުޅޭ އިދާރާތަށް ފޮނުވުން.
  4. އެސޯސިއޭޝަނަށް ފައިސާ ލިބޭ ބަލައިގަތުމާއި، ލިބޭ ފައިސާގެ ރެކޯޑްތައް ބެލެހެއްޓުން.
  5. މުވައްޒަފުންގެ މުސާރައާއި އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާއާގުޅޭ އެންމެހައި ކަންކަންކުރުން.
  6. އެސޯސިއޭޝަނަށް ފައިސާ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުމާއި، އެސޯސިއޭޝަނަށް ލިބެންޖެހޭ ފައިސާގެ ތަފްޞީލްތަކާއި ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، އެސޯސިއޭޝަނަށް ލިބެންޖެހޭ ފައިސާއެއް ލިބެންޖެހޭ ދުވަހަށް ނުލިބިއްޖެނަމަ އެފައިސާއެއް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. އެސޯސިއޭޝަންގެ ޕްރޮކިއުމަންޓްގެ ކަންކަން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރިއަށް ގެންދިއުން.
  8. އެސޯސިއޭޝަނަށް ލިބޭ ބިލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއެކު، ބިލްތަކަށް ފައިސާދެއްކުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  9. ޕެޓީ ކޭޝް އަދި އެހެނިހެން އެޑްވާންސްތައް ހިމެނޭގޮތަށް، ބޭންކު އެކައުންޓުތައް ރިކޮންސައިލްކުރުން.
  10. ހިންގާ ގަވާއިދާ އެއްގޮތަށް އެސޯސިއޭޝަންގެ އާމްދަނީއާއި ޚަރަދު ރިޕޯޓް، މާލީ ހިސާބުތަކާއި އަދި އެހެނިހެން ހިސާބުތައް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުތެރޭގައި ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  11. އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ، އޮޑިޓަރުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން.
  12. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  13. އެސޯސިއޭޝަންގެ ފައިސާގެ ހިސާބުތަކުގެ ރެކޯޓްތައް ފައިލްކޮށް ބެލެހެއްޓުން.
  14. އެސޯސިއޭޝަންގެ ހަރުމުދަލާއި ސްޓޮކްގެ ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން.
  15. މުބާރާތްތައް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ ކަންކަންކުރުން.
  16. ބޭނުންވެއްޖެ ހިނދެއްގައި އާންމު އިދާރީ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް

  • ފައިނޭންސް
  • އެކައުންޓިންގ

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ފައިނޭންސް
  • އެކައުންޓިންގ

މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:

  • އިދާރީ ހުނަރު ލިބިފައިވުން.
  • އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
  • ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • އެކައުންޓިންގ ސިސްޓަމް ބޭނުންކުރަން އެނގޭ މިންވަރު

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އެސޯސިއޭޝަންގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ: (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން - 30           

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 10

އަސާސީ ޝަރުޠައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 10

އިންޓަވިއު – 50

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

ލިންކު:   https://bit.ly/3ZaX8EI

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3323429 ނުވަތަ 7250707 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

29 އޮގަސްޓް 2026
ހޯދާ