މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ވިޒިޓަރސް ސެންޓަރ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ބައްދަލުވުމާއި ބީލަން ހުށަހަޅާ ތާރީޚަށް ބަދަލުއައުމާ ގުޅޭ

ކެނދިކުޅުދޫ ކައުންސިލާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި ގުޅިގެން ކެނދިކުޅުދޫގައި ނޭޗަރ ބޭސްޑް ރިކްރިއޭޝަނަލް ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކެނދިކުޅުދޫގެ ވިޒިޓިންގ ސެންޓަރ އަމިއްލަ ތަކެތީގައި އަޅައިދިނުމަށް ކުރެވުނު އިޢުލާން (ނަންބަރު: (IUL)286-MP/286/2026/58) އަށް ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ބައްދަލުވުން ބާއްވާ ތާރީޚާއި ބީލަން ހުޅުވާ ތާރީޚު ބަދަލުކޮށް އެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އިޢުލާން ކުރަމެވެ.

  1. ރަޖިސްޓްރޭޝަން

ހ – ބީލަމުގައި ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތު ވަނީ 27 އޮގަސްޓް 2026 ވީ ބުރާސްފަތި ދުވަހުގެ 14:00 އަށް ހަމަވެފައެވެ. އިތުރަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ށ – ބީލަމުގައި ރަޖިސްޓްރީވިމަކަށް ބަލާނީ އޮންލައިންކޮށް ރަޖިސްޓްރީވުމަށް ދީފައިވާ ފޯމް ފުރުމަށްފަހު ރަޖިސްޓްރޭޝަން ފީ ދައްކާ މެއިލް ކުރުމުންނެވެ.

  1. މަޢުލޫމާތު ސާފުކުރުން

ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން 7 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސެޝަނަށްފަހު، 29 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ށ - ބީލަން ހުށަހަޅާފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.

ނ – އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމާއި ގުޅޭ ހުރިހާ ޑޮކިއުމަންޓެއް 2 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކޮށްފައިވާ ފަރާތްތަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ނ - މަޢުލޫމާތު ސާފުކުރަން ހާޟިރު ނުވެވޭ ފަރާތުގެ، ބަދަލުގައި އެހެން ފަރާތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާނަމަ، ބައްދަލުވުމުގައި ބައިވެރިވުމުގެ ހުއްދަދިން ކަމުގެ އިޤުރާރުގައި ސޮއިކޮށް މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. (މި އިޤުރާރު ހިމެނިފައިވަނީ އިޢުލާނުގެ އެންމެ ތިރީގައި ޖަދުވަލު 1 ގައެވެ.)

  1. ބީލަން ހުށަހެޅުން

ހ - ބީލަން ހުޅުވުން އޮންނާނީ 1 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.

  1. އިތުރު މަޢުލޫމާތު
  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ

- ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި)

- އީމެއިލް: [email protected]

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

16 ރަބީއުލްއައްވަލް 1448

29 އޮގަސްޓް 2026
ހޯދާ