ދިވެހިރާއްޖެ
"ސައުތު އޭޝިއަން ޕެރަ - ސްޕޯޓްސް ރީޖަނަލް ކްލެސިފިކޭޝަން ވާރކްޝޮޕް" ގައި ބައިވެރިވުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީން 2026 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16 އިން 19 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސައުތު އޭޝިއަން ޕެރަ-ސްޕޯޓްސް ރީޖަނަލް ކްލެސިފިކޭޝަން ވާރކްޝޮޕް” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ވާރކްޝޮޕަކީ ޕެރަ-ސްޕޯޓްސް ކްލެސިފިކޭޝަންގެ ދާއިރާއިން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، ދިވެހިރާއްޖެއާއި ދެކުނު އޭޝިއާ ސަރަޙައްދުގައި ޤާބިލު ކްލެސިފަޔަރުން ބިނާކުރުމުގެ މަޤްޞަދުގައި ބޭއްވޭ 3 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދިވެހިރާއްޖެއިން 16 ބައިވެރިއަކަށް ފުރުޞަތު ދެވޭނެއެވެ.
ބައިވެރިވުމުގެ ޝަރުޠުތައް
- ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން (މިއީ އެންމެ މުހިންމު ޝަރުޠެވެ). މިސާލަކަށް: ޑޮކްޓަރުން، ނަރުހުން، ފިޒިއޮތެރަޕިސްޓުން އަދި ޞިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުން.
- ދިވެހިރާއްޖޭގައި ޕެރަލިމްޕިކް ހަރަކާތް ދިގު މުއްދަތަކަށް ކުރިއެރުވުމަށް އެހީތެރިވުމުގެ ޝައުޤުވެރިކަން ހުރި ފަރާތެއް ކަމުގައިވުން.
ބައިވެރިވުމަށް އެދި ހުށަހަޅާނެ ގޮތް
މި ވާރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައިވާ އޮންލައިން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
އޮންލައިން ފޯމު: https://docs.google.com/forms/d/1FqdCUTmxqDXjNh3VrIroL8W3xUsaOD0gEGw9qOb1Pu0/viewform
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
- ޕާސްޕޯޓް ސައިޒް ފޮޓޯއެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަދި ޕާސްޕޯޓް ކޮޕީ).
- ސީ.ވީ (CV).
މި ޕްރޮގްރާމަށް ހޮވޭ ފަރާތްތައް ވާރކްޝޮޕް ކުރިއަށްދާ ދުވަސްވަރު ވަޒީފާއިން ދޫކުރެއްވުމުގެ އިންތިޒާމު ހަމަޖެއްސުމުގައި މި ކޮމިޓީގެ ފަރާތުން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ.
ސުންގަޑި: މި ފޯމު 2026 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅުއްވަންވާނެއެވެ.
މި ވާރކްޝޮޕާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 7741757 / 7709181 އަށް ގުޅުއްވުން، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 އޯގަސްޓު 2026
