ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކަށްއަރާ ބައެއް ރުއްގަހުގެ ވެރިން ހޯދުން

ރަށުގެ މަގުތައް ރީތިކުރުމާއި މަގުތަކުގައިހުރި އާއްމުންގެ ގޯތިގެގޮރަށްއަރާ ރުއްގަސްތައް ނަގަންބޭނުންވާތީ، މަސްޖިދުއްތާސީގެ އިރުދެކުނުން ފެށިގެން އިރަށްގޮސް ގަހާކޯޅި ގޯތީގެ ދެކުނުން ރަތްކުލައިން    (ރަސްގެ ފާހަގަ) ޖަހާފައިވާ ރުއްގަސްތަކާއި އަލަށް އެމްޓީސީސީ އަށްދީފައިވާ ރަށުގެ ބަނދަރުގެ ހުޅަނގުފަރާތު ސްޓޭޖްސަރަހައްދުގެ ހުޅަނގު ދެކުނުން ރަތްކުލައިން    (ރަސްގެ ފާހަގަ) ޖަހާފައިވާ ރުއްގަސްތަކާއި އަލަށް އަޅާ މިސްކިތުގެ  އުތުރުފަރާތުމަގުގައި ހުރި ރަތްކުލައިން    (ރަސްގެ ފާހަގަ) ޖަހާފައިވާ ރުއްގަސްތަކުގެ ވެރިން 2026 ސެޕްޓެމްބަރ 06 ގެ ކުރިން ކައުންސިލަށް މައުލޫމާތު ހުށައެޅުންއެދެމެވެ. އަދި މިދެންނެވި ސަރަޙައްދުގައިހުރި މިފަދަ ތަކެތީގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓަރީ ކޮށްފައިނުވާ ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައި ނުވާތީ، އެފަދަ ރުއްގަހަކީ ވެރިޔަކު ނެތް ރުއްގަސްކަމުގައިބަލައި، ކަނޑައެޅިފައިވާ އުޞޫލުން ޢަމަލުކުރަމުން ގެންދެވޭނޭ ކަމުގައިވެސް ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

28 އޮގަސްޓް 2026
ހޯދާ