މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު       

ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒްއާއި މި އިދާރާއާއި ގުޅިގެން "ނިޔަމި ކަމުގެ ސެޓްފިކެޓް 2 (NC2) ކޯސް" މި ރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ކޯހާއިބެހޭ އިތުރު މަޢުލޫމާތު:

  1. ކޯހުގެ ނަން: ނިޔަމި ސެޓްފިކެޓް 2
  2. ކޯހުގެ ފީ: 1500 ރުފިޔާއާއި 2000 ރުފިޔާއާއި ދެމެދު (ފީ ބެހިގެންވަނީ  ބައިވެރިންގެ އަދަދުގެ މައްޗަށް ބިނާކޮށް)
  3. ކޯހުގެ ބައިވެރިންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރު: ލިޔަން ކިޔަން އެނގުމާއިއެކު، އެއްކޮށް، ކަނޑާ، ގުނަކޮށް، ގެއްލަން އެނގުން.
  4. ކޯސް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތު: ގިނަ ވެގެން 04 ދުވަސް  (30 ގަޑިއިރު)
  5. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން:  ކޯހަށް އެދި ހުށަހަޅާ ފޯމް، އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ، 18 އަހަރުން ދަށުގެ ފަރާތެއްނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  6. ކޯސް ބާއްވާ ތަން: ރ.އިންނަމާދޫ ކައުންސިލްގެ އިދާރާ. 

މި ކޯހުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ ސެލްފް ސާރވިސް ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

28 އޮގަސްޓް 2026
ހޯދާ