ދިވެހިރާއްޖެ
އިޢުލާން
ރަށުގެ މަލަމަތި ރީތިކުރުމާއި، ހިތްފަސޭހަ ވެށްޓެއް ޤާއިމުކުރުމާއި ފަތުވެރިންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށްޓަކައި، ސަންސިޔާމް ޖެޓީއާއި އަލިފުޅު ބީޗާއި ދެމެދުގައިރަތްކުލައިން ފާހަގަކޮށްފައިވާ ސަރަޙައްދުގައިހުރި ޑިންގީފަހަރާއި އެފަދަ ތަކެތި، 2026 ސެޕްޓެމްބަރ 27 ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. އަދި މިސަރަހައްދަކީ ޑިންގީފަހަރު އެހެލުމަށާއި މަރާމާތުކުރުމާއި މިނޫންވެސް މިފަދަ މަސައްކަތް ކުރަން ރަށުގެ ލޭންޑްޔޫސް ޕްލޭންގައިވެސް ފާހަގަކޮށްފައިނުވާ ސަރަޙައްދެއްކަން ހަނދުމަފުޅުކޮށްއަރުވަމަވެ.
ވީމާ، ދެންނެވުނު ތާރީހުގެ ފަހުން ރަތްކުލައިން ފާހަގަކުރެވިފައިވާ މިސަރަޙައްދުގައި ބަހައްޓާފައިވާ ތަކެއްޗަކީ ބޭނުންނެތިގެން ބަހައްޓާފައިވާތަކެތި ކަމުގައި ކަނޑައަޅައި ކައުންސިލުން އެތަކެތި ނައްތާލެވޭނެ ވާހަކަވެސް ދަންނަވަމެވެ.
