ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުގައި ބައުވެ ޙަލާކުވެފައިވާ ތަކެތި ނީލަންކިޔުން

ތިރީގައި މިދަންނަވާ ތަކެތި، ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2026 ސެޕްޓެންބަރު 08 ވާ އަންގާރަ ދުވަހު މިކޯޓުގެ ގޯތިތެރޭގައި އޮންނާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 08 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން މިކޯޓަށް ވަޑައިގެން ނީލަމުގައި ބައިވެރިވުން އެދެމެވެ.

މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 އޮގަސްޓު 30 ވަނަ ދުވަހުން ފެށިގެން 2026 ސެޕްޓެމްބަރު 07 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މިކޯޓަށް ވަޑައިގަތުމުން ތަކެތި ބެލޭނޭ އިންތިޒާމް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 2026 ސެޕްޓެންބަރު 09 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv  މެދުވެރިކޮށް ދެއްކުމަށްފަހު 02 (ދޭއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

  މި އިޢުލާނާއިއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ކިޔަން ފެށޭ އަގާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

27 އޮގަސްޓް 2026
ހޯދާ