އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރ

އުނގޫފާރު ސްކޫލް                   ނަންބަރު: GS-210/IUL/2026/17

  މި އިޢުލާނަކީ މި މަޤާމަށް މީހަކުހޯދުމަށް 2026 މާރިޗު 23 ގައި މިސްކޫލުން ގެޒެޓް ކުރި ނަމްބަރ

(GS-210/IUL/2026/05) މި އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ، މި މަޤާމަށް މީހަކު ހޯދުމަށް ކުރެވޭ އިއުލާނެކެވެ.

އިޢުލާނު

މަޤާމު:

 ސްކޫލް ހެލްތު އެންޑް ސޭފްޓީ އޮފިސަރ

މަޤާމުގެ ނަންބަރު:

 J-381364

ބޭނުންވާ އަދަދު:

 1 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކު 5 ( ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 އުނގޫފާރު ސްކޫލް / ރ. އުނގޫފާޜު

މުސާރަ:

9825.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2947.00 ރުފިޔާ

ހާޒިރީ އިނާޔަތް:

ޙާ ޒިރުވާ ކޮންމެ ދުވަހަކަށް 80.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1 ދިވެހި ރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަރިވަރުންގެ ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހަދާފައިވާ ޕޮލިސީތަކާއި ސްކޫލުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ޕޮލިސީތަކަށް ރިޢާޔަތްކޮށް ސްކޫލުން ހަދާފައިވާ މިފަދަ ޕޮލިސީތައް، ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ސްކޫލްގައި ތަންފީޒުކުރުން.
  • ސްކޫލްތަކަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލުތަކަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ކުރުމާއި މިކަމަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނުން ހޯދުން.
  • ކޮންމެ އަހަރަކު ސްކޫލުގައި ހިންގާ ސްކޫލް ހެލްތް އެންޑް ސޭފްޓިގެ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ތާވަލް ތައްޔާރުކުރުމާއި އަހަރު ނިމުމުން ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓް ތައްޔާރުކުމާއި އެ ރިޕޯޓު ސްކޫލުން ކަނޑައަޅާ ގޮތެއްގެމަތިން ކަމާގުޅުން ހުރި ފަރާތްތަކާ ހިއްސާކުރުން. 
  • ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެއްވެސް ދަރިވަރަކު ދާއިމީ ބައްޔަކަށް ބޭސްކުރޭތޯ ބެލުމާއި، ބޭނުންކުރަންޖެހޭ ބޭހެއް ހުރިތޯ ބަލައި އެފަދަ ބޭހެއް ބޭނުންކުރާނަމަ އެމައުލޫމާތު ބެލެހެއްޓުމާއި، ސްކޫލުގައި އުޅޭގަޑިތަކުން ގަޑިއެއްގައި ބޭސް ބޭނުންކުރަންޖެހޭނަމަ ބެލެނިވެރިޔާގެ ބެލުމުގެ ދަށުން އެދަރިވަރަކަށް އެބޭހެއް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަދިނުން.
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ތާރީޚަކަށް، ކަނޑައަޅާ ގްރޭޑުތަކެއްގެ ހެލްތް ސްކްރީނިންގ ސްކޫލުގެ ވެރިން ހަމަޖައްސަވާ އުސޫލެއްގެ މަތިން ކަމާގުޅޭ ފަރާތްތަކާ (ހޮސްޕިޓަލް / ޞިއްޙީ މަރުކަޒު) ގުޅިގެން ނިންމުން.
  • ސްކޫލްގެ ހެލްތް ރޫމްގެ ވަސީލަތްތަކާއި ފަސްޓްއެއިޑް ވަސީލަތްތަކުގެ އިންވެންޓްރީއެއް ތައްޔާރުކޮށް ބެލެހެއްޓުމާއި ހެލްތް ރޫމުން ދޭ ޚިދުމަތްތައް ފަސްޓްއެއިޑްގެ ޚިދުމަތާއި ބޭސް އަޅައިދިނުމުގެ ޚިދުމަތް އެއްވެސް ދަރިވަރެއް ތަފާތުކުރުމެއްނެތި ދިނުން.
  • ނޭޝަނަލް ވެކްސިނޭޝަން ޝެޑިއުލްގައި ހިމަނާފައިވާ މަޖުބޫރު ވެކްސިން ހުރިހާ ދަރިވަރުން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުމާ، ވެކުސިން ފުރިހަމަނުވާ ދަރިވަރުންނަށް ވެކްސިން / ބޫސްޓަރ ޖެހޭނެ އިންތިޒާމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނާ މަޝްވަރާކޮށްގެން   ހަމަޖެއްސުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

ކޮމިއުނިޓީ ހެލްތު، ހެލްތު ޕްރޯމަޝަން، ނަރސިންގ، ޕްރައިމަރީ ހެލްތު ކެއަރ، ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާ:

  • ހެލްތު ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2025/84/Application%20Formorklnpcz.kkigh5yox1e.fu0.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

 

 

 

 

 

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެމްބަރ 08 ވާ އަންގާރަ ދުވަހު ގެ 13:00ގެ ކުރިން، ރ. އުނގޫފާރު ސުކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް  އޮންނާނީ، 2026 ސެޕްޓެމްބަރ 14 އާއި 2026 ސެޕްޓެމްބަރ 24 އާއި ދެމެދު އުނގޫފާރު ސްކޫލް ގައެވެ.

 

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދެންނެވީމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580262 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 އޮގަސްޓް 2026

27 އޮގަސްޓް 2026
ހޯދާ