ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިން ހޯދުމަށް

          މިރަށުގައި ފެނުގެ ނިޒާމް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން ބައެއް މަގުތަކުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިގޮތުން ހޮޅިވަޅުލަންޖެހޭ ބައެއް މަގުތަކުގައި ރުއްގަސް ހުރުމުގެސަބަބުން މަގުނުކޮނެވި ލަސްވަމުންއެބަދެވެ. މިގޮތުން މޯނިންގްރޯވް ގޯއްޗާއި މާފޮޅޭ ގޯއްޗާއި ދެމެދު އޮތް މަގުގެ "މާފޮޅޭ ގޯޅީގެ" ހުޅަނގު ކޮޅުގައި މަގަށް އަރާ 10 ރުއް ނަގަން ޖެހޭތީ އެ ރުއްތަކުގެ ބަދަލުދިނުމަށް ވެރިން ހޯދަންބޭނުންވެއެވެ.

          ވީމާ، މި ރުއްތަކުގެ ވެރިން އެއީ ކޮންފަރާތެއްގެ ރުކެއްކަން އެނގޭގޮތަށް ރުކުގައި ނަންބަރު ޖަހައި ނަންލުމަށްފަހު، އެރުކެއްގެ ނަންބަރު އެގޭގޮތައް ސިޓީއަކުން އެ މަޢުލޫމާތު 03 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މި މުއްދަތުގައި މަޢުލޫމާތު ލިބިފައިނުވާނަމަ ވެރިޔަކު ނެތް ކަމަށް ބަލައި ރުއް ކެނޑުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ.

          މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

27 އޮގަސްޓް 2026
ހޯދާ