މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުދާ އުފުލާ ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން (ރިޓެންޑަރ)

މުދާ އުފުލާ ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން (ރިޓެންޑަރ)

މި ކުންފުނިން ކުރި އިޢުލާން (ނަންބަރު MWSC-61/ADV/2016/004) އަށް  އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ބީލަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ކުންފުނީގެ އެކިއެކި މަސައްކަތްތަކުގައި ބޭނުންކުރުމަށް މުދާ އުފުލާ ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/500 ރ. އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 15 ފެބުރުވަރީ 2016 އިން 18 ފެބުރުވަރީ 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 21 ފެބުރުވަރީ 2016 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ.

ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 ފެބުރުވަރީ 23 ވަނަ ދުވަހުގެ 14:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 2016 ފެބުރުވަރީ 29 ވަނަ ދުވަހުގެ 14:00 އެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 

15 ފެބުރުވަރީ 2016
ހޯދާ