ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމަދަރުސާގެ ކްލާސްރޫމުތަކުގައި އެއަރކަންޑިޝަން ހަރުކުރުމާއި ކަރަންޓް ގުޅުމުގެ މަސައްކަތްތައް ކުރުން
(IUL)931/2026/17 ނަންބަރު
ޕްރޮކިއުމަންޓް ނަންބަރު:01 /2026
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިމަދަރުސާގެ ކްލާސްރޫމުތަކުގައި އެއަރކަންޑިޝަން ހަރުކުރުމާއި ކަރަންޓް ގުޅުމުގެ މަސައްކަތްތައް ކުރުން
- މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިމަދަރުސާގެ ކްލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމާއި ކަރަންޓް ގުޅުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް، އަދި ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މިމަދަރުސާގެ ކްލާސްރޫމްތަކުގައި އެއަރކަންޑިޝަން ހަރުކުރުމާއި ކަރަންޓް ގުޅުމުގެ މަސައްކަތުގެ ކުރެހުމާއި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮގަސްޓް 27 ން 2026 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: bit.ly/3mLO1dZ
- މިޕްރޮޖެކްޓްގެ މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އަދި ސައިޓް ޗެކްކުރުން. 2026 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ 11:00 ގައިށ. އަތޮޅު މަދަރުސާގައެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ 11:00 ގައިށ. އަތޮޅު މަދަރުސާގައެވެ.
- މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ށ. އަތޮޅު މަދަރުސާ
އަމީނީ މަގު، ށ. ކަނޑިތީމު
ދިވެހިރާއްޖެ.
ފޯން: 6540059
އީ-މެއިލް:[email protected]
27 އޮގަސްޓް 2026
ހޯދާ
