ދިވެހިރާއްޖެ
އެއްގަމާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުން
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދޫކުރާ އެއްގަމާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މިއިމްތިޙާން އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަންވެސް ވަނީ ހުޅުވާލެވިފައެވެ.
އެގްޒަމިނަރުން (އެއްގަމު އުޅަދުގެ)
- ބޭނުންވާ ޖުމުލަ ޢަދަދު: 04 (ހަތަރެއް)
- އަންހެން: 02 (ދޭއް)
- ފިރެހެން: 02 (ދޭއް)
ޝަރުތު:
- ދަށްވެގެން A0-A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
- ފާއިތުވި 05 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން
- ފާއިތުވި 05 އަހަރު ދުވަހުގެ ތެރޭގައި ޖިނާއި ކުށެއްކޮށްފައިވާ ފަރާތެއްކަމުގައި ނުވުން
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން އޮތުން
- އުމުރުން 55 އަހަރު ނުވާ ފަރާތެއް ކަމުގައި ވުމާ ރަގަނޅު ޞިއްޙަތެއްގައި ހުރުން
- ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާއަދާކުރާ ފަރާތެއް ކަމުގައި ނުވުން
- ކައުންސިލްގައި ވަޒީފާ އަދާކުރާފަރާތެއް ކަމުގައި ނުވުން
އުޖޫރަ:
- އިމްތިހާން ކުރާ A0,A1 ކޮންމެ އުޅަނދަކަށް 15.00 ރުފިޔާ
- އިމްތިހާ ކުރާ އެހެނިހެން ކޮންމެ އުޅަނދަކަށް 25 ރުފިޔާ
ހުށަހަޅަށް ޖެހޭ ލިޔުން
- · މުއްދަތު ހަމަނުވާ ދިވެހިރައްޔެތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ:
- · އެއްގުމު ލައިސަން ކޮޕީ:
އެގްޒަމިނަރުން (ކަނޑު އުޅަދުގެ)
- ބޭނުންވާ ޢަދަދު: 02 (ދޭއް)
ޝަރުތު:
- ނިޔަމިކަމުގެ ސަނަދު އޮތުން
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީ ތަކުގެ ތެރެއިން މަދުވެގެން A,A1,B,C,D އޮތް ފަރާތެއް ކަމުގައިވުން
- ކަނޑު އުޅަނދު ދުއްވުމުގެ 01 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން
- ފާއިތުވެދިޔަ 05 އަހަރު ކަނޑު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެ ކުށެއްކޮށްފައިވާ ފަރާތެއްކަމުގައި ނުވުން
- ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން
- އުމުރުން 55 އަހަރުނުވާ ފަރާތެއްކަމުގައިވުމާ، ރަގަނޅު ޞިއްޙަތެއްގައި ހުރުން
- ކައުންސިލްގައި ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ނުވުން
އުޖޫރަ:
- އިމްތިހާން ކުރާ ކޮންމެ އުޅަނދަކަށް 25.00 ރުފިޔާ
ހުށަހަޅަށް ޖެހޭ ލިޔުން
- · މުއްދަތު ހަމަނުވާ ދިވެހިރައްޔެތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ:
- · ކަނޑު ލައިސަން ކޮޕީ:
- · ނިޔަމި ސަނަދުގެ ކޮޕީ
ވިމާ،މިކަމަށް ޝައުޤްވެރިވެ ލައްވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގޫގުލް ފޯމުން ހުށަހެޅުންވުން އެދެމެވެ.
15 ރަބީޢުލްއައްވަލް 1448
