އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ފަޅު ގޯތިތައް ސާފުކުރުން

އައްޑޫ ހުޅުދޫގައި ދިރިއުޅެން ފަށާފައިނުވާ ގޯތިތަކާއި މީހުން ދިރިނޫޅޭ ފަޅުގޯތިތައް ސާފުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން މި ކައުންސިލުން ކުރި ނަންބަރު(IUL)1141-TP/1141/2026/1002  އިޢުލާނާއި ގުޅިގެން، ރަށުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި ދެއްވި ސަމާލުކަން މި ކައުންސިލުން ނުހަނު އުފަލާއެކު ބަލައިގަނެ، އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ. ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ރައްޔިތުން އިސްނަންގަވައިގެން ކުރެއްވި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެކެވެ.

ރަށުގައި މަދިރި އާލާވުން ހުއްޓުވައި، ދުޅަހެޔޮ އަދި ސާފުވެއްޓެއް ޤާއިމުކުރެވޭނީ މި ފެށުނު ހެޔޮ ބަދަލު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްގެންނެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް ގޯއްޗާއި އިންވެގެންވާ މަގުތަކަކީ އަބަދުވެސް ވިނަނޮޅައި ސާފުކޮށް ބެލެހެއްޓޭ ތަންތަން ކަމުގައި ހެއްދެވުމަށް އިލްތިމާސްކުރަމެވެ.

މިގޮތުން ރަށުގައި ހުރި ފަޅުގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ ޙާލަތު އަދިވެސް ހުރީ ވަރަށް ބޮޑަށް ގޯސްކޮށް ކަން މި ކައުންސިލަށް ވަނީ ފަހަނގަކުރެވިފައެވެ. ވުމާއެކު، ޙާލަތު ގޯސްކޮށް ހުރިކަމަށް ފާހަގަކުރެވުނު ގޯތިތަކުގެ ވެރިފަރާތްތަކަށް މި ކައުންސިލްގެ ފަރާތުން ސީދާ ގުޅައި، އެ ތަންތަން ސާފުކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، މި ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ރަސްމީ ފޯނު ނަންބަރު 6894655 އަދި އީމެއިލް  [email protected] މެދުވެރިކޮށް ޙިއްޞާކުރެއްވުމުން، ކައުންސިލްގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެވޭނެއެވެ.

27 އޮގަސްޓް 2026
ހޯދާ