ދިވެހިރާއްޖެ
ނަންބަރު: 525-A/2026/23
އިޢުލާން
ފާރުތަކުގެ ރެނދު ބައްދައި ފެންޑާގައި މުށިޖެހުން
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓުގެ ހުޅަނގު ފަރާތުގެ ފާރުގައިވާ ރެނދުތަކާއި ވަށާފާރުގެ ރެނދުތައް ބައްދައި ފެންޑާގައި މުށިޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 2 ވަނަ ދުވަހުގެ 11:15ށް މި ކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު، ހދ.ނޮޅިވަރަން ދިވެހިރާއްޖެ ،ފޯން: 6521679 ، 6528950 އީ-މެއިލް: [email protected]
