ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތިން ބޭރުގައިވާ ބަދިގެއާއި ގުދަންފަދަ ތަންތަނާގުޅޭ
އިޢްލާން
ގޯތިން ބޭރުގައިވާ ބަދިގެ އާއި ގުދަންފަދަ ތަންތަނާ ގުޅޭ
ދ. މާއެނބޫދޫ ގައި ގޯތިން ބޭރުގައި ހަދާފައިވާ ބަދިގެ އަދި ގުދަން ފަދަ ތަންތަން މި އިދާރާގެ ހުއްދަ އަކާ ނުލާ ބޭނުން ކުރަމުންދާ އެންމެހާ ފަރާތްތަކުން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ތަންތަން ނަގާ ސާފުކުރެއްވުމަށް އެދި ދަންނަވަމެވެ. މިދެންނެވި މުއްދަތުގައި ގޯތިން ބޭރުގައި ހަދާފައިވާ ބަދިގެ އަދި ގުދަން ފަދަ ތަންތަން އެ ތަނުގެ ވެރިފަރާތުން ނަގާފައި ނުވާނަމަ ކައުންސިލުން އެ ތަންތަން ނަގައި ސާފުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 އޮގަސްޓް 2026
ހޯދާ
