މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އިޢުލާން

ރާއްޖޭގެ ކާނާގެޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ތަކުގެ ތެރޭގައި،  ރާއްޖޭގެ ރަށްތަކުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮޤްރާމްގެ ތެރެއިން ރަށްރަށުގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮޤްރާމަކީ މިމިނިސްޓްރީ އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަމަންޓް އެންޑް އެނާޖީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ދަނޑުތައް ޤާއިމު ކުރުމަށްޓަކައި، ޝައުގުވެރިވާ ރަށްތަކުން، 4 ހެކްޓަރުގެ ބިމެއް މިކަމަށް ކަނޑައަޅައި ދެއްވުން އެދެމެވެ.  މިގޮތުން ކަނޑައެޅޭ ބިމަކީ ރަށުގެ ލޭންޑްޔޫސް ޕްލޭންގައި މިފަދަ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ބިމަކަށްވާންވާނެއެވެ. އެބިން ސާފުކުރުމާއި، ދަނޑު ޤާއިމްކުރުމުގެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދެއްވުމާއި، މިމިނިސްޓްރީއާއި ގުޅިގެން ދަނޑު ބަލަހައްޓައި ދިނުމަކީ މިމިނިސްޓްރީގެ އެދުމެކެވެ.

ވީމާ، ދަނޑު އެޅުމަށް ކަނޑައަޅާ ސަރަޙައްދު ފާހަގަކޮށް ( ލޭންޑްޔޫސް ޕްލޭން އިން ސަރަޙައްދު ފާހަގަކޮށް)، ދަނޑުއެޅުމަށް ލިބޭނެ ބިމުގެ ބޮޑުމިން މި މިނިސްޓްރީއަށް  03 ސެޕްޓެމްބަރ 2026 ގެ 13:00 ގެ ކުރިން އަންގަވައި ދެއްވުން އެދެމެވެ. އަދި ދަނޑު އެޅުމާއި އެދަނޑުން ރަށު ކައުންސިލަށް ނަފާ ހޯދޭނެގޮތުގެ އެއްބަސްވުމެއް ހަދާ މި މިނިސްޓްރީއާއި ކައުންސިލާއިދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދުމަށް މިމިނިސްޓްރީގެ ނަމްބަރ 3309391 އާއި ގުޅުއްވުން އެދެމެވެ.

27 އޮގަސްޓް 2026
ހޯދާ