ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން

            އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107-1 ވަނަމާއްދާގެ (ށ)،(ނ)ގައި ބަޔާންކޮށްފައިވާ، ކޮންމެ 4 މަހަކުން 1 ފަހަރު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން 2026 އޮގަސްޓް 28 ވާ ހުކުރު ދުވަހުގެރޭ 20.30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގެ ކުރިމަތީގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ވޭމަންޑޫގެ އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

            މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

27 އޮގަސްޓް 2026
ހޯދާ