މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް

ކިޔޫ.އެމް.އެސްގެ ލޯންޑްރީ އެސިސްޓެންޓް މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއެވެ.

 

މަގާމު

ލޯންޑްރީ އެސިސްޓެންޓް (ގްރޭޑް 1)

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

މަހަކު 7,535.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު 2,600.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާޒިރީ ޢިނާޔަތުގެގޮތުގައި މަސައްކަތު ނުކުންނަ ދުވަހަކަށް 60.00 ރުފިޔާ އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

1- ލިޔަން ކިޔަން އެނގުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބަފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1-      އެމް.އެން.ޑީ.އެފްގައި ބޭނުންކުރާ ޔުނީފޯމާއި، ޔުނީފޯމާގުޅުންހުރި އައިޓަމްތަކުގެ އިތުރުން އެމް.އެން.ޑީ.އެފްގައި ބޭނުންކުރާ ބެޑްޝީޓާއި ބާލީސްއުރަފަދަ ތަކެތި ދޮވެ އިސްތިރިކުރުން.

2-      ލޯންޑްރީއަށް ދޮންނަން ގެންނަތަކެތި ބަލައިގަތުމާއި، ލޯންޑްރީން ދޫކުރަންޖެހޭތަކެތި ދޫކުރުން.

3-      ލޯންޑްރީގައި ބޭނުންކުރާ މެޝިނަރީތަކާއި އެހެނިހެން ސާމާނު ސާފުކޮށް ބެލެހެއްޓުމާއި، ލޯންޑްރީ ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުން.

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

ކިޔޫ.އެމް.އެސް/ މާލެ

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 ސެޕްޓެންބަރު  03 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

13 ރަބީޢުލްއައްވަލު 1448

26 އޮގަސްޓް 2026
ހޯދާ