ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026 (ކެންޓީން ޚިދްމަތް ދޭނެފަރާތެއް ހޯދުމާއި ބެހޭ)

   ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން 11 ސެޕްޓެމްބަރ 2026 އިން 20 ސެޕްޓެމްބަރ 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " 50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026 " މާލޭ އިންޑޯ ބެޑްމިންޓަން ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026 ހިނގަމުން ދާ ވަގުތުގައި އިންޑޯ އެކުވެނީގެ ބޭރުގައި ކެންޓީން ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ 02 ފަރާތަކަށް އެފުރުސަތު ހުޅުވާލުމަށް މި އެސޯސިއޭޝަންއިން ވަނީ ނިންމާފައެވެ. ވީމާ، ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00ގެ ކުރިން މި އެސޯސިއޭޝަންގެ މެއިލް  [email protected]   އަށް މެއިލް ކޮށް ދެއްވުން އެދެމެވެ.

        ވަގުތު ހަމަވާއިރު 02 ފަރާތައްވުރެ ގިނަފަރާތްތަކުން ހުށަހަޅައިފިނަމަ، ކެންޓީން ހިންގާނެ 02 ފަރާތެއް ނިންމާނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތްތައް ބަލައި މި އެސޯސިއޭޝަންއިންނެވެ.   އަދި ކެންޓީންގެ ޚިދްމަތް ދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅުއްވާ ފަރާތްތަކަށް ޓެންޓާއި ކަރަންޓުގެ ޚިދްމަތް މި އިދާރާއިން ފޯރުކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:30 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

25 އޮގަސްޓް 2026
ހޯދާ