މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ވެޓް ކަޕިންގ ޓެކްނީޝަނުން ތަމްރީނުކުރުމުގެ މިންގަނޑު އާއްމުކުރުން

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

         މާލެ،

       ދިވެހިރާއްޖެ.                                    

އިޢުލާނު

 

 ވެޓް ކަޕިންގ ޓެކްނީޝަނުން ތަމްރީނުކުރުމުގެ މިންގަނޑު އާއްމުކުރުން.

 

ވެޓް ކަޕިންގ ޓެކްނީޝަނުން ރާއްޖޭގައި ތަމްރީނުކުރުމަށް އެކުލަވާލާފައިވާ މިންގަނޑު "ކޮމްޕިޓެންސީ ސްޓޭންޑަރޑް ފޯރ ޓްރެއިނިންގ އޮފް ވެޓް ކަޕިންގ ޓެކްނީޝަންސް - ބޭސިކް ލެވެލް" މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އާއްމުކުރަމެވެ.

ވެޓް ކަޕިންގ ދާއިރާގެ ތަމްރީން ޚާއްޞަވަނީ ހިޖާމާ ޖަހާ ފަރާތްތަކަށް ކަމަށްވާތީ މި މިންގަނޑު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން 2019 އަހަރުން ފެށިގެން މި ކައުންސިލުން އަމަލުކުރަމުން ދިޔަ " ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯރ ޓްރޭނިންގ އޮފް ޕްރެކްޓިޝަނަރސް އޮފް ހިޖާމާ" ވަނީ ބާޠިލުކުރެވިފައެވެ.

 2019 ވަނަ އަހަރު ޝާއިޢުކުރި މިންގަނޑާ އެއްގޮތަށް ރާއްޖެއިން ބޭރުގައި މިވަގުތު ކޯސް ފުރިހަމަކުރަމުންދާ ފަރާތްތައް ވެޓްކަޕިންގް ޓެކްނީޝަނުން ގޮތުގައި ރަޖިސްޓްރީކުރެވޭނެއެވެ. އެހެންނަމަވެސް، ރާއްޖެއިން ބޭރުގައި ހިންގާ މި ދާއިރާގެ ތަމްރީން ކޯހެއްގައި އަލަށް ބައިވެރިވާންވާނީ މި ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.    

މީގެ އިތުރުން ކައުންސިލްގައި މިވަގުތު ހިޖާމިސްޓުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން ވެޓްކަޕިންގ ޓެކްނީޝަނުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

26 އޮގަސްޓް 2026
ހޯދާ