ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު (IUL)197-A2/197/2026/34 (10 އޮގަސްޓު 2026) އިޢުލާނުން މި ކޯޓަށް 2 އޭސީ (ސީލިންގ މައުންޓް އަދި ވޯލްމައުންޓް) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މިނިމަމް ރިކުއަޔަރމަންޓަށް ނުފެތޭތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 07 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
އޭސީ ހަރުކުރާތަންތަން ސަރވޭ ކުރުމަށް 03 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހު 13:30 އަށް މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ. މިނޫން އެހެން ވަގުތުތަކުގައި ސަރވޭ ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވެން ނެތްވާހަކަ ދެންނެވީމެވެ.
