މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މި އިދާރާއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން، ތިރީގައި މިދަންނަވާ ސަރަޙައްދުތަކުގައިވާ ރުއްގަހުގެ މިލްކުވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

  • ފެނަކަ އަލިފުށީ ބްރާންޗުގެ ދެކުނުން، ފެން ޕްލާންޓުގެ ހުޅަނގުން، ކުރީގެ ކުނި ކޮށްޓާއި ހަމައަށް އޮތް ބިން: މި ބިމުގައި ހުރި ރުއްގަސް
  • ސްޕޯޓްސް އެރީނާ ބިން: މި ބިމުގައި ހުރި ގަސް
  • ޓިވެޓް ސެންޓަރގެ ހުޅަނގުން އޮތް ބިން: މި ބިމުގައި ހުރި ރުއްގަސް
  • ސަހަރާ ބިން: މި ބިމުގައި ހުރި ރުއް
  • ޣާޒީމަގުގެ އުތުރުން ފަނޑިޔާރުމަގާއި ހަމައަށް ހޭޅިފަށް: މި ބިމުގައި ހުރި ރުއްގަސް
  • ކޮއިގޯތިމަގުގެ ހުޅަނގުން އޭ.ޑީ.އެސް އޮޑިއެހަލާ ސަރަހައްދާއި ހަމައަށް އޮތް ބިން: މި ބިމުގައި ހުރި ރުއްގަސް

                     ވީމާ، އެކިއެކި ފަރާތްތަކުން އަމިއްލައަށް އިންދައިގެންނާއި އިންދުމުގެ ހުއްދަ ލިބިގެން އަދި ބަލަހައްޓަމުންދާ އެއްވެސް ރުކެއް ނުވަތަ ގަހެއް މަތީގައި ބަޔާންކުރެވިފައިވާ ބިންތަކުގައި ހުރިނަމަ، އެ ތަކެތީގެ މިލްކުވެރިކަން ސާބިތުކޮށްދޭ ލިޔެކިޔުންތަކާއެކު 2026 ސެޕްޓެންބަރު 2 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނުވަތަ ސިޓީއަކުން އެންގެވުން އެދެމެވެ.

                     މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އިންކާރު ނުކުރައްވާނަމަ ނުވަތަ ވެރިފަރާތެއްކަން ސާބިތުކޮށްދެވިފައި ނުވާނަމަ، އެ ބިންތަކުގައި ހުރި ރުއްގަހަކީ ދައުލަތުގެ (ކައުންސިލްގެ) މިލްކިއްޔާތެއްގެ ގޮތުގައި ބަލައި، އަންގާނެ އެހެން ފަރާތެއްނެތި އެ ރުއްގަސް ނެގުމުގެ ނުވަތަ ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރިއަށްގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

13 ރަބީޢުލްއައްވަލް 1448

26 އޮގަސްޓް 2026
ހޯދާ