ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)
ނަމްބަރ (5)394/2026/17 :
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 19 ވަނަ އާއްމު ޖަލްސާ (2026/28)
ޖަލްސާ ބޭއްވި ތާރީޚް: 18 އޮގަސްޓް 2026
ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް
ކައުންސިލްގެ ނިންމުން
މައްސަލައިގެ ޚުލާޞާ:
- ލައިސަންސް މަދަދު ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ތިއަރީ އަދި ޕްރެކްޓިކަލް ހަދާ ބައިވެރިންގެ އިދާރީ އަދި ޕިކަޕް ފީ ގެ ގޮތުގައި ކިނބިދޫ ކައުންސިލަށް ދައްކަންޖެހޭ ފީ އާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ކައުންސިލަށް ފައިސާ ދައްކަންޖެހި ފައިސާނުދައްކާ ހުރިފަރާތްތައް، ކައުންސިލުން ކިޔާ ނީލަންތަކުގައާއި، އެކިގޮތްގޮތައް ކައުންސިލުން ދޫކުރާ ބިންތަކާއި، އަދި ބިޑުތަކުގައި އެފާރާތްތަކަށް ބައިވެރި ނުވެވޭނެ ކަމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 179 (08 ޖުލައި 2025) ވަނަ އާއްމު ޖަލްސާ ނިންމާފައިވާ ނިންމުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
- ބީލަމުން ދޫކުރެވޭ ބިންތަކާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ޢުޞޫލް ގައިވާ ޖޫރިމަނާ އާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ބީލަމުން ދޫކުރެވޭ ބިންތަކާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ޢުޞޫލް ގައިވާ ޖޫރިމަނާ އާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- އައުޓްޑޯރ ޖިމް އެޅުމަށް ހަމަޖައްސާފައިވާ ބިން ބަދަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- - ކޮމެޓީ މަރުޙަލަގައި މަޝްވަރާކުރެވުނު ގޮތަށްޕްރޮގްރާމުގެ ބައިވެރިން ލައިސަންސް ނަގައި ނިމުމުން، ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާނުގެ އިދާރީ ފީއާއި ޕިކަޕް ފީގެ ގޮތުގައި ކިނބިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ބިލްކުރުމުން އެ ފައިސާ ކައުންސިލުން ދެއްކުމަށް ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
ކޮމެޓީ މަރުޙަލާގައި މަޝްވަރާކުރެވި ނިންމުނުގޮތް: ޕްރޮގްރާމުގެ ބައިވެރިން ލައިސަންސް ނަގައި ނިމުމުން، ތިއަރީ އަދި ޕްރެކްޓިކަލް އިމްތިޙާނުގެ އިދާރީ ފީއާއި ޕިކަޕް ފީގެ ގޮތުގައި ކިނބިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ބިލްކުރުމުން އެ ފައިސާ ކައުންސިލުން ދެއްކުމަށް.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3
- ކައުންސިލަށް ފައިސާ ދައްކަންޖެހި ފައިސާނުދައްކާ ހުރިފަރާތްތައް، ކައުންސިލުން ކިޔާ ނީލަންތަކުގައާއި، އެކިގޮތްގޮތައް ކައުންސިލުން ދޫކުރާ ބިންތަކާއި، އަދި ބިޑުތަކުގައި އެފާރާތްތަކަށް ބައިވެރި ނުވެވޭނެ ކަމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 179 (08 ޖުލައި 2025) ވަނަ އާއްމު ޖަލްސާ ނިންމާފައިވާ ނިންމުން ބަދަލުކޮށް 2 ކެޓަގަރީ އަކަށް ހެދުމަށް ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލާ ޢާޤިޞާ ޢަބްދުއްލަޠީފްގެ ހުށަހަޅުއްވުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
ކެޓަގަރީތައް:
1.ންސިލުން ބިން ނަގާފައިވާ ފަރާތްތަކުން ބިމު ކުލި އަދި ޖޫރިމަނާގެ ގޮތުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ފައިސާ ނުދައްކާ 3 މަސް ދުވަސްވެފައިފާ ފަރާތްތަކުން، ބިން ދޫކުރުމަށް ކައުންސިލުން ކުރާ އިޢުލާންތަކުގައި ބައިވެރިނުވެވޭގޮތަށް ނިންމުން.
2.ސައްކަތުގެ ބީލަންތަކާއި ގުޅިގެން ޖޫރިމަނާ ކުރެވޭ ފަރާތްތަކާއި ސަސްޕެންޑް ކުރެވޭ ފަރާތްތަކަށް އެފަދަ ބީލަންތަކުގައި ބައިވެރި ނުވެވޭނެގޮތަށް ނިންމުން.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2
- ކޮމެޓީ މަރުޙަލާގައި މަޝްވަރާކުރެވުނު ގޮތަށް ބީލަމުން ދޫކުރެވޭ ބިންތަކާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ޢުޞޫލް ގެ 5 ވަނަ މާއްދާ (ބިމުގެ ކުލި) ގެ (ރ) ގައިވާ %2 (ދޭއް) އިންސައްތަ، %0.5 (ސުމެއް ޕޮއިންޓް ފަހެއް) އިންސައްތައަށް އަށް ބަދަލުކުރަން ފަށްވެއްޖެ ކަމުގައި ރިޔާސަތުން ނިންމެވިއެވެ.
ކޮމެޓީ މަރުޙަލަގައި މަޝްވަރާކުރެވި ނިންމުނުގޮތް: ބީލަމުން ދޫކުރެވޭ ބިންތަކާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ޢުޞޫލް ގެ 5 ވަނަ މާއްދާ (ބިމުގެ ކުލި) ގެ (ރ) ގައިވާ %2 (ދޭއް) އިންސައްތަ، %0.5 (ސުމެއް ޕޮއިންޓް ފަހެއް) އިންސައްތައަށް އަށް ބަދަލުކުރުން.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3
މެންބަރުގެ އަލްފާޟިލް ޢަބްދުﷲ ޒުހުރީ ހުށަހަޅުއްވާފައިވާގޮތަށްއައުޓްޑޯރ ޖިމް ޤާއިމުކުރުމަށް ވެސްޓް ބީޗް ސަރަހައްދުން ބިން ކަނޑައެޅުމަށް ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
ވޯޓުދިން ގޮތުގެ ތަފްޞީލް:
ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2، އެހެންކަމުން ހުށަހެޅުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
