ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިފަރާތް ހޯދުން

އިޢުލާން

ރުއްތަކުގެ ވެރިފަރާތް ހޯދުން

މިރަށު ސްކޫލް ގޯއްޗަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ބިމުގައި (ސްކޫލްގެ ހުޅަނގު ފަރާތުންނާއި، ސްކޫލްގެ ދެކުނުން ހުރި ރުއްތައް) މިރުއްތަކުގައި މިހާރު ހުންނާނީ ހުދު ދަވާދުން ނަންބަރު ޖަހާފައެވެ. ވީމާ، އެމީހެއްގެ ރުކުގައި ޖަހާފައި ހުރި ނަންބަރު ނޯޓްކޮށްގެން މި ކައުންސިލަށް ގެނެސްދެއްވާ އަދި އެއީ އެމީހެއްގެ ރުކެއްކަން ސާބިތުކޮށްދެއްވުންއެދެމެވެ.

މަތީގައި ބަޔާންކޮށްފައިވާ ފަދައިން އެމީހެއްގެ ރުކުގައި ހުދު ދަވާދުން ޖަހާފައިވާ ނަންބަރު 2026  އޮގަސްޓް 31 ވާ ހޯމަދުވަހު 14:00 ގެކުރިން މި ކައުންސިލްގެ އިދަރާއަށް ލިޔުމުން ހުށަހަޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 އޮގަސްޓް 2026
ހޯދާ