ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:30 ގައި ށ.މަރޮށީ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ކިޔަން ފެށޭ އަގާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އެހެންކަމުން، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، މަތީގައި ދެންނެވިފައިވާ ތާރީޙާއި ގަޑިއަށް މިކޯޓަށް ވަޑައިގެން ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 03 ސެޕްޓެމްބަރ 2026ގެ 14:00ގެ ކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 02 (ދޭއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 6540729 ފޯނަށް ގުޅުއްވުން އެދެމެވެ.
