|
މަގާމުގެ ނަން:
|
ސީނިއަރ ވިކްޓިމް ސަޕޯޓް އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
ޕަބްލިކް ސަރވިސް ރޭންކް:
|
07
|
|
ޖޮބް މެޓްރިކްސް:
|
ސޯޝަލް ސާރވިސް ވަރކަރުން
|
|
އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:
|
ވިކްޓިމް ސަޕޯޓް / މާލެ |
|
އަސާސީ މުސާރަ:
|
12,261.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
5,721.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
155.00 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
އެހެނިހެން އިނާޔަތް:
|
ބޭސްފަރުވާކުރުން
|
|
އެހެނިހެން އެލަވަންސް:
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
މަގާމުގެ ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮއްފައިވުން؛
- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ވައްކަން، ނުވަތަ ޓެކުން، ނުވަތަ މަކަރާ ހީލަތް، ނުވަތަ ޚިޔާނާތް ނުވަތަ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވުން؛
- ޖިނާއީ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި، ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައި ނުވުން؛
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައި ނުވުން؛
- ދިވެހި ފުލުހުން ޚިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން؛
- އަޚްލާޤީ މައްސަލައަކާ ގުޅިގެން ނުވަތަ އެނޫންވެސް މައްސަލައަކާ ގުޅިގެން އެހެން އޮފީހެއްގެ ވަޒީފާއަކުން ވަކިކޮށްފައިވާ މީހަކު ކަމުގައި ނުވުން؛ އަދި
- ދައުލަތުގެ އެއްވެސް މަޤާމަކުން ރިޓަޔަރ ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.
|
|
މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:
|
- ސޯޝަލް ސަރވިސަސް، ސައިކޮލަޖީ، ކައުންސެލިން، ސޯޝިއޮލޮޖީ، އަރލީ ޗައިލްޑްހުޑް އެންޑް ފެމެލީ ސްޓަޑީސް
- ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ، އޮޑިޓިންގ، އިންޓަރނަލް އޮޑިޓިންގ، ކޮމާސް.
- ޕްރޮކިއުމަންޓް މެނޭޖްމަންޓް، ސަޕްލައި ޗެއިން މެނޭޖްމަންޓް، ލޮޖިސްޓިކްސް މެނޭޖްމަންޓް، އޮޕަރޭޝަންސް މެނޭޖްމަންޓް، ޕަރޗޭސިންގ، ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓް.
|
|
ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ އަދި އިސްކަން ދޭނެ ކަންތައްތައް:
|
- މި ވަޒީފާއަށް ހޮވާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރިޔަށްގެންދެވޭ ބެކްގްރައުންޑް އެސެސްމަންޓް، އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަނުން ފާސްވާ ފަރާތެކެވެ.
- މި ވަޒީފާއަށް މީހުން ހޮވުމުގައި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:
|
- ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ)
- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- ނެގިފަހުން 3 މަސް ވެފައިނުވާ އެ ފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)
- އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ ތަނުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
|
|
ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:
|
|
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 ސެޕްޓެންބަރު 06 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.
|
ނޯޓް: މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.
|