މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން

                          ނަމްބަރ: (IUL)295-MS/295/2026/65

އިޢުލާން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތައް މެދުވެރިކޮށް ދިނުމުގެ ފުރުސަތު، އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވާތީ، މި ކައުންސިލުން ދޭ ކަނޑުގެ ދުއްވުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިޔުމަށްޓަކައި އެގްޒަމިނަރަކު ބޭނުންވެއެވެ.

ޝަރުޠު

  1. ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 1 (އެކެއް) އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

އުޖޫރަ

ކޮންމެ އިމްތިހާނަކަށް -/50 (ފަންސާސް ރުފިޔާ)

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
  2. ނިޔަމިކަމުގެ ސަނަދުގެ ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

26 އޮގަސްޓް 2026

26 އޮގަސްޓް 2026
ހޯދާ