ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބެޑްމިންޓަން ފެދަރ ޝަޓްލްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އެސޯސިއޭޝަނަށް (ސްޕީޑް:76) އަދި (ސްޕީޑް:77) ގެ ބެޑްމިންޓަން ފެދަރ ޝަޓްލްސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި ތަކެތި ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ފޯރުކޮށްދެވޭނެ ބްރޭންޑް، ތާރީޙް، ޢަދަދު، އަގު އަދި ކްރެޑިޓް ލިމިޓް ހިމެނޭހެން ލިޔުމުން މި އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް 29 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
25 އޮގަސްޓް 2026
ހޯދާ
