ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި ގުޅިގެން ކެނދިކުޅުދޫގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވެވޭނީ އަދި ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
|
ހ - ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ. ށ - ރަޖިސްޓްރޭޝަން ފޯމް: https://forms.cloud.microsoft/r/XVidzj1Th5 ނ – ބީލަން ހުށަހެޅުމަށް ވަޑައިގަނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. |
|
ހ - މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކެނދި މާލަމުގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވެވޭނަމަ، ނުވަތަ އިތުރުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޕްރޮޖެކްޓްސް މެއިލް ([email protected]) މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ސުންގަޑިއަކީ 1 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. ށ - ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު އަދި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. |
|
ހ - ބީލަން ހުޅުވުން އޮންނާނީ 7 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. |
|
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
11 ރަބީޢުލްއައްވަލް 1448
