މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ރ.މާކުރަތު މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިކައުންސިލްގެ ނަންބަރު: (IUL)305-ME305/305/2026/91 (02  އޮގަސްޓް 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހެޅުމަށް ޙާޟިރުވެފައިނުވާތީ  އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ރ.މާކުރަތު މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައް  ކުރިއަށް  ގެންދެވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން

މި ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް  ބޭނުންވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު  13:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވިފައި ވާނެއެވެ. އަދި ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މިކައުންސިލްގެ މެއިލް    [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވުނީއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހަޅާނީ 06 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޟިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން  ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލަށް ލިބިގެންވެއެވެ. އަދި ޕްރީ ބިޑް ޕްރޮސަސްގެ  ކޮންމެ ވަގުތެއްގައިވެސް ބާޠިލްކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

24 އޮގަސްޓް 2026
ހޯދާ