އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް

މި ހޮސްޕިޓަލުގެ ކަސްޓަމަރ ކެއަރ ޑިޕާޓްމަންޓުގައި ވޮލަންޓިއަރުންގެ ގޮތުގައި ޚިދުމަތް ކޮށްދެއްވާނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

  • ބޭނުންވާ ޢަދަދު: 10 (ދިހައެއް)
  • މަސައްކަތުގެ ވަގުތު: ހަފްތާއަކު 5 ދުވަހު (ދުވާލަކު 6 ގަޑިއިރު - ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް)
 

އަސާސީ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

    • މުއާމަލާތްކުރުމުގެ ހުނަރު.
    • ޚިދުމަތް ހޯދާ ފަރާތްތަކުގެ އިޙްސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ހުރުން.
    • ކެތްތެރިކަމާއި، އަދަބުވެރިކަމާއެކު ޚިދުމަތް ދިނުމުގެ އިތުރުން، އެކުވެރި އަދި ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭ ފަރާތަކަށްވުން.

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

 

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލިމީހުންނާއި ޑޮކްޓަރުންނާ ދެމެދު މުޢާމަލާތްކުރުމުގައި އެހީތެރިވެދިނުމާއި، ބަލިމީހާގެ ވާހަކަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނުމުގެ އިތުރުން ޑޮކްޓަރުގެ އިރުޝާދުތައް ބަލިމީހާއަށް ސާފުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން، ބަލިމީހުން ބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ހަމަކުރުމާއި، މެޑިކަލް ރެކޯޑްސްތަކާއި ޑެއިލީ ސަވައިލަންސްއަށް ބޭނުންވާ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ކޮމްޕިއުޓަރ ސިސްޓަމަށް އެންޓަރކުރުން ހިމެނެއެވެ. 

ހަމައެއާއެކު، ޑޮކްޓަރުން ދޫކުރައްވާ މެޑިކަލް ސެޓްފިކެޓްތައް ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށް، އޭގެ ކޮޕީތައް ރައްކާތެރިކަމާއެކު ބެހެއްޓުމާއި، ކޯލް ސެންޓަރ އަދި ރިސެޕްޝަން ތަކުގައި މަސައްކަތްތައް ކުރުންވެސް މި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު 27 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލަށް ސިޓީ ހުށަހެޅުއްވުން، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ.
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 ނަންބަރު ފޯނާ ގުޅުއްވުން، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ

24 އޮގަސްޓް 2026
ހޯދާ