ދިވެހިރާއްޖެ
|
Tokyo Metropolitan University (TMU) International Program |
|
ޖަޕާނުގެ ޓޯކިޔޯ މެޓްރޮޕޮލިޓަން ޔުނިވަސިޓީ (ޓީ.އެމް.ޔޫ) ގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ޕްރޮގްރާމުގެ ދަށުން އަންޑަރގްރެޖުއޭޓް ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ތަފުސީލު، ޓޯކިޔޯ މެޓްރޮޕޮލިޓަން ޔުނިވަރސިޓީގެ ވެބްސައިޓް https://www.ic.tmu.ac.jp/english/study_abroad/scholarship_gfs.html އިންނާއި، މި މިނިސްޓްރީގެ "ކުރި" ޕޯޓަލް https://kuri.gov.mv އިން ލިބެން ހުންނާނެއެވެ.
މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 20:00 (ޖަޕާން ގަޑިން) ގެ ކުރިން، ޓޯކިޔޯ މެޓްރޮޕޮލިޓަން ޔުނިވަސިޓީ ވެބްސައިޓް އަދި މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ ފްލަޔާގައިވާ ކިއުއާރު ކޯޑް ބޭނުންކޮށްގެން އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ............................................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ. |
