މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ފައިނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ހުޅަނގުން 20 ފޫޓު (ފިޓްނަސް ސެންޓަރުގެ ހުޅަނގު ދެކުނު މަގުން ފެށިގެން އުތުރަށް ސޯސަންމަގާ ހަމައަށް) އަދި ފިޓްނަސް ސެންޓަރުގެ ދެކުނުން އޮތްމަގުގެ އެ އިމާރާތުގެ ހުޅަނގުން ފެށިގެން ނަހީލް ގޯއްޗާ ހަމައަށް، ދެބައިކޮށްފައި އެއްބައި ނޮޅައި ސާފުކޮށް ކުނިތައް އަމިއްލަ ހަރަދުގައި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންގޮސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަންގައި މި މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު ހިމެނިފައި އޮންނަންވާނެއެވެ. އަދި މިކަމަށް އެދި ހުށަހެޅުއްވޭނީ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9100652 ނުވަތަ 4000311 އާ ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2026
ހޯދާ