ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމު:

ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-459133

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 5 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުޅުދުއްފާރު ސްކޫލް / ރ. ހުޅުދުއްފާރު

މުސާރަ:

-/9،495 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/2،850 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/75 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

 

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ދައުލަތުގެ ޕޭ ފްރޭމްވާރކްގެ މިންގަނޑުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްގެ ބަޖެޓާއި އެހެނިހެން ފަންޑުތަކުގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ހަރަދުތައް ކުރުމަށް ބަޖެޓް ބެލެންސްތައް އަޕްޑޭޓްކޮށް މޮނިޓަރކުރުން.

2. އަހަރީ ބަޖެޓާއި ބަޖެޓް ޕްލޭން ތައްޔާރުކޮށް، ހަރަދުތައް މެނޭޖްކޮށް ބަޖެޓް ކޮންޓްރޯލް ކުރުމާއެކު، އަހަރުގެ ނިޔަލަށް ބަޖެޓުން ދެކޮޅުޖެއްސުން.

3. ޕޭމަންޓް ވައުޗަރ (PV) އަދި ކޭޝްފްލޯ ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވައިގެން، ކޮންމެ ކުއާޓަރަކަށް ހަރަދުކުރަން ބޭނުންވާ ފައިސާ ހޯދުން.

4. މާލީ ބަޔާންތަކާއި އެއާ ގުޅޭ ނޯޓްތައް ފުރިހަމަކުރުމާއި، މާލީ ބަޔާނާ ގުޅިގެން މިނިސްޓްރީއަށް ފޮނުވަންޖެހޭ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

5. ބަޖެޓުން ކުރަންޖެހޭ ހަރަދުތަކުގެ ހުއްދަ ހޯދުމާއި، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓްގެ އެންމެހާ ރިޕޯޓްތަކާއި ލިޔެކިޔުންތައް ގަވާއިދުން ތައްޔާރުކޮށް، ފައިލްކޮށް ބެލެހެއްޓުން.

6. ސްކޫލަށް ވަންނަ އަދި ދޫކުރާ އެންމެހާ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ފައިސާގެ ތަފްސީލުތައް ރެކޯޑްކޮށް ބެލެހެއްޓުން.

7. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަ ފައިސާގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ރެވެނިއު ފޯމްތައް ތައްޔާރުކޮށް ފައިސާ ފޮނުވުމާއި، ޕީ.ބީ.އޭ (PBA) ރެޖިސްޓަރީ ބެލެހެއްޓުން.

8. ޗެކް ލިޔުމާއި، ޗެކުން ފައިސާ ނެގުމާއި، ޓްރާންސްފާ ލެޓަރ ތައްޔާރުކުރުމާއި، ޗެކް ރެޖިސްޓަރީ އަދި ވައުޗަރ ރެޖިސްޓަރީ ބެލެހެއްޓުން.

9. ތިޖޫރީގެ ހިސާބުތަކާއި ފޮތްތައް (ދުވަހު ރެކޯޑްސް އަދި އައިޓަމް ބާކީ) ދުވަހުން ދުވަހަށް ބަލަހައްޓައި، ތިޖޫރީ ގުނުމަށްފަހު ރިޕޯޓްތަކާ އަޅާކިޔައި ޗެކުކުރުން.

10. ޕެޓީކޭޝް ފައިސާ ދޫކުރުމާއި، ޖަމާކުރުމާއި، އެއާ ގުޅޭ އެންމެހާ ރެކޯޑްތައް ގަވާއިދުން ބެލެހެއްޓުން.

11. އިދާރާއަށް ބޭނުންވާ ތަކެތި ޕްރޮކިއުމަންޓް އުސޫލުން ހޯދުމާއި، ބިލްތައް ސިސްޓަމަށް އެންޓަރކޮށް، އޯޑަރު ފޯމާއި ވައުޗަރު ހަދައި، ފައިސާ ދެއްކުމާއި ފައިލްކުރުން.

12. ސްކޫލަށް ބަލައިގަންނަ އެސްޓިމޭޓްތައް އިވެލުއޭޓްކޮށް، ބިޑް ކޮމެޓީއަށް ފޮނުވުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ތައްޔާރުކުރުމާއި ފައިލްކުރުން.

13. ސްކޫލްގެ ހަރުމުދަލުގެ ރެޖިސްޓަރީ ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އޮފީސް ސްޓޮކްގެ ހިސާބުތައް ބަލަހައްޓައި ތަކެތި ދޫކުރުން.

14. ބާވެ ހަލާކުވާ ތަކެތީގެ ނީލަން ލިސްޓް ތައްޔާރުކޮށް، ހުއްދަ ހޯދުމަށްފަހު ނީލަން ޕޯޓަލް މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

15. ސްކޫލުން އެކި ފަރާތްތަކާއެކު ވެވޭ އެގްރީމަންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

16. މުވައްޒަފުންގެ ކޮންމެ މަހެއްގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުސާރަ ދިނުމުގެ ކަންކަން ނިމުމުން މުވައްޒަފުންނަށް މުސާރަ ސްލިޕް ފޮނުވުން.

17. ކޮންމެ މަހެއްގައި މުވައްޒަފުންގެ މައުލޫމާތާއި ޕެންޝަން ކޮންޓްރިބިއުޝަން އަޕްޑޭޓްކޮށް، އެ މަހެއްގެ ކޮންޓްރިބިއުޝަން ފައިސާ ޖަމާކުރަން ފޮނުވުން.

18. އިޢުލާންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާއި، ވަޒީފާތަކާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުން.

19. ސްކޫލްގެ އަހަރީ ރިޕޯޓާއި ތަފާސްހިސާބުތަކަށް ބޭނުންވާ މަޢުލޫމާތު އެކި ސެކްޝަންތަކުން ހޯދައި، ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފޮނުވުން.

20. އޮފީސް ހުޅުވުމާއި ބަންދުކުރުމުގެ ޝެޑިއުލް ތައްޔާރުކޮށް، އެ ޝެޑިއުލާ އެއްގޮތަށް އޮފީސް ހުޅުވައި ބަންދުކުރުން.

21. ޕްރޮކިއުމަންޓް، އެޗް.އާރު އަދި ކިޔަވައިދިނުމާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން.

22. ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުން ރާވާ ހިންގާ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް :

  1. އެކައުންޓިންގ 
  2. އެކައުންޓިންގ އެންޑް ފައިނޭންސް 
  3. އެޑްމިނިސްޓްރޭޝަން 
  4. އޮޑިޓިންގ 
  5. ބިޒްނަސް 
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  7. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ 
  8. ބިޒްނަސް މެނޭޖްމަންޓް 
  9. ކޮމާރސް 
  10. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ 
  11. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ 
  12. ކޮމްޕިއުޓަރ ޕްރޮގްރާމިންގ 
  13. ކޮމްޕިއުޓަރ ސައިންސް 
  14. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ 
  15. ކޮމްޕިއުޓިންގ 
  16. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ 
  17. އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް 
  18. ފައިނޭންސް 
  19. ފައިނޭންޝަލް މެނޭޖްމަންޓް 
  20. ފައިނޭންޝަލް ޕްލޭނިންގ 
  21. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން 
  22. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  23. އިންފޮމޭޝަން ޓެކްނޮލޮޖީ 
  24. އިންޓަރނަލް އޮޑިޓިންގ 
  25. އިންވެންޓްރީ މެނޭޖްމަންޓް 
  26. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  27. އިސްލާމިކް ފައިނޭންސް 
  28. ލޮޖިސްޓިކްސް މެނޭޖްމަންޓް 
  29. މެނޭޖްމަންޓް 
  30. ނެޓްވަރކިންގ 
  31. އޮޕަރޭޝަންސް މެނޭޖްމަންޓް 
  32. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް 
  33. ޕްރޮކިއުމަންޓް މެނޭޖްމަންޓް 
  34. ޕްރޮގްރާމިންގ 
  35. ޕްރޮޖެކްޓް މެނޭޖްމަންޓް 
  36. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  37. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  38. ޕަބްލިކް ފައިނޭންސް 
  39. ޕަބްލިކް މެނޭޖްމަންޓް 
  40. ޕާޗޭސިންގް 
  41. ކުއަންޓިޓީ ސަރވެއިންގ 
  42. ސްކޫލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް 
  43. ސްކޫލް މެނޭޖްމަންޓް 
  44. ސްކޫލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން 
  45. ސޮފްޓްވެއަރ އިންޖިނިއަރިންގ 
  46. ސަޕްލައި ޗެއިން މެނޭޖްމަންޓް 
  47. ސިސްޓަމް އެޑްމިނިސްޓްރޭޝަން 
  48. ވެބް ޑިވެލޮޕްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

1. އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. އަސާސީ ޝަރުޠު ހަމަވުމުން (%30)

2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)

3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (%5)

4. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)

5. އެސެސްމެންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް) (%20)

6. އިންޓަވިއު (%35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެމްބަރ 1ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، ހުޅުދުއްފާރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއި އެކު ހުރިހާ ޑޮކިޔުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 3 ސެޕްޓެމްބަރ 2026 އާއި 13 ސެޕްޓެމްބަރ  2026 އާ ދެމެދު، ހުޅުދުއްފާރު ސްކޫލްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580097 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

24 އޮގަސްޓް 2026
ހޯދާ