މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރޕޯޓް އަދި ބަނދަރު ސަރަޙައްދުގައި އިޝްތިހާރު ބޯޑު ހަރުކުރުމާއި ގުޅޭ:

އިޢުލާން

 

އެއަރޕޯޓް އަދި ބަނދަރު ސަރަޙައްދުގައި އިޝްތިހާރު ބޯޑު ހަރުކުރުމާއި ގުޅޭ:

 ރަށަށް އަރާ ފައިބާ ސަރަޙައްދުތައް ( އެއަރޕޯޓް އަދި ބަނދަރު ) ގައި އާންމުންނަށް ފެންނާނޭހެން ރަށުގައި ހުރި ގެސްޓްހައުސްތައް، ފިހާރަތަށް، ކައިރި ރަށްރަށަށް ދަތުރުކުރާ ލޯންޗުފަހަރު އަދި އެއްގަމު ދަތުރުފަތުރުކުރާ ފަރާތްތަކުގެ މަޢުލޫމާތާއި ފޯނު ނަންބަރު ހިމެނޭހެން އިޝްތިހާރު ބޯޑު ޖަހަން މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިގޮތަށް ހަރުކުރެވޭ ބޯޑުތަކުގައި މަޢުލޫމާތު ހިމަނަން ބޭނުންވާ ފަރާތްތަކުން ފީއެއްގެ ގޮތުގައި އަހަރަކު 200 ރުފިޔާ ނެގުމަށްވެސް މިކައުންސިލުން ވަނީ ނިންމާފައެވެ.

  ވީމާ، އިޝްތިހާރު ބޯޑުތަކުގައި މަޢުލޫމާތު ހިމަނަން ބޭނުންފުޅުވާ ފަރާތްތަކުން އެފަރާތުގެ މަޢުލޫމާތު ( ތަނުގެ ނުވަތަ އުޅަދުގެ ނަން، ވެރިފަރާތުގެ އައިޑީ ކާރޑް ނަންބަރު، ގުޅޭނެ ނަންބަރު) ހިމެނޭ ގޮތަށް 2026 އޮގަސްޓު 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮގަސްޓް 2026
ހޯދާ