މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާއާބެހޭ:

2025 ވަނަ އަހަރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް، -/03 (ތިނެއް) ރުފިޔާ، ޖުމްލަ 24,113,247.00 (ސައްވީސް މިލިއަން އެއްލައްކަ ތޭރަހާސް ދުއިސައްތަ ސާޅީސް ހަތެއް) ރުފިޔާ ބަހާގޮތަށް، 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، 2026 އޮގަސްޓް 23 ވަނަ ދުވަހު ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ނިންމާފައެވެ.

2025 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބިވަޑައިގަންނަވާނީ، މިކުންފުނިން 2026 އޮގަސްޓް 24 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު: MTCC-CSD/IU/2026/0078 އިޢުލާނުގައިވާ ގޮތުގެ މަތިން، 2026 ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުންނަށެވެ.

24 އޮގަސްޓް 2026
ހޯދާ