ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ވިލަރެސް ކޮމެޓީއަށް މެމްބަރުން ހޯދުމާ ގުޅޭ

"ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" (24 ޖެނުއަރީ 2024) ގެ ދަށުން، ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާ ހެދި ގޯތި ނުލިބުނު އެއްފަރާތުގެ ފޯމް އަލުން ބަލައިގަނެ، ޕްރޮސެސްކޮށް، އެކަމުގެ މައްޗަށް ތަރުތީބުވާ އެންމެހައި ކަންކަން، ދެންނެވިފައިވާ އުޞޫލާ ފުށުނާރާނޭހެން ކުރުމަށް، ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން މި ކައުންސިލުގެ މައްޗަށް ޙުކުމް ކޮށްފައިވާތީ، އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން، ފޯމު އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި "ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތިދޫކުރުމާ ބެހޭ އުޞޫލު" ގެ 10 ވަނަ މާއްދާގެ ދަށުން ވިލަރެސް ކޮމިޓީއެއް އެކުލަވައިލާ، އެ އުޞޫލުގައިވާ އިޖްރާޢަތްތަކާ އެއްގޮތަށް ޢަމަލުކުރުމަށް މިކައުންސިލުގެ 5 ވަނަ ދައުރުގެ 9 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.

މިގޮތުން، ޢާއްމުންގެ ފަރާތުން ވިލަރެސް ކޮމިޓީގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާ ކުރެވުނު ނަންބަރު 269/269/2026/43(IUL) (29 ޖުލައި 2026) އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ، ޢާއްމުރައްޔިތުންގެ ފަރާތުން ތަމްސީލުކުރައްވާ 2 މެމްބަރުންގެ ގޮތުގައި ގޯތި ވިލަރެސް ކޮމިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން،  02 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި މި އިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ކޮމެޓީގައި ބައިވެރިވެލެއްވުމަށް ކަނޑައެޅިފައިވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތި ލައްވައިފިނަމަ، އައްޔަންކުރާ މެމްބަރުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮގަސްޓް 2026
ހޯދާ