ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓްގެ ޢިމާރާތުގެ ފާރުގައި ހަރުކޮށްފައިހުރި ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުން

އިޢުލާން

މިކޯޓްގެ ޢިމާރާތުގެ ފާރުގައި ހަރުކޮށްފައިހުރި ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުން

     މިކޯޓްގެ ޢިމާރާތުގެ ފާރުގައި ހަރުކޮށްފައި ހުރި ލައިޓްތައް ލެޑް ލައިޓަށް ބަދަލުކޮށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

      ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށެވެ.

      މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު: 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6780660 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 01  ސެޕްޓެމްބަރ  2026
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް

        މީގެކުރިން މިކަމާއިބެހޭގޮތުން މިކޯޓުންކުރި ނަންބަރު: 650-A/IU/2026/07 (19-08-2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެޢިޢުލާން ބާޠިލް ކުރެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ.      

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.                

‏             11  ރަބީޢުލްއައްވަލް‏ 1448

‏            24   އޮގަސްޓް    2026

24 އޮގަސްޓް 2026
ހޯދާ