ދިވެހިރާއްޖެ
ދިވެހިންގެ ސަގާފީ ކުޅިވަރެއް ކަމަށްވާ ބަށިބޯޅަ ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، ބަށިބޯލް ފައުންޑޭޝަން މޯލްޑިވްސް އާއި ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ގުޅިގެން ގައްދޫގައި ބަށިބޯޅަ އޮފިޝަލުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.މި ޕްރޮޤުރާމް ކުރިޔައްދާނީ 11 ސެޕްޓެމްބަރ 2026 އިން 2 ދުވަހުގެ މުއްދަތަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ބަށިބޯލް ފައުންޑޭޝަން މޯލްޑިވްސްއަށް ދައްކަންޖެހޭ ފީތައް ހަމަޖައްސައިދޭނީ ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންނެވެ. (ބައިވެރިން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.)
ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން 7624212 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓް ކޮށްދެއްވުން އެދެމެވެ.
